ގެއްލުނު ކޮލަމާ ބޯޓް ފެނުނުއިރު ކެޕްޓަން މަރުވެފައި؛ މައްސަލަ ބަލަނީ

ގެއްލިގެން ހޯދަމުންދިޔަ "ކޮލަމާ" ބޯޓު"ގެ ކެޕްޓަން މަރުވެއްޖެ އެވެ.ފުލުހުން ބުނީ އެ ބޯޓު ފެނިފައިވަނީ އެކެފަރާ ސަރަހައްދުން ކަމަށާއި އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. ބޯޓު ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރީ 1:25 ގައި ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ."ބޯޓުގެ ކެޕްޓަން ޕޮލިސް ލޯންޗުގައި ވިލިނގިލި ހޮސްޕިޓަލަށް ގެންދިއުމަށް ދަނީ ދަތުރު ކުރަމުން،" ފުލުހުން ފޮނުވި މެސެޖުގައި ބުނެފައިވެ އެވެ.މި ހަބަރު ޝާއިއުކުރި ފަހުން ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނި ގޮތުގައި އެ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ކެޕްޓަން ވަނީ ނިޔާވެފަ އެވެ. މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.ނަމަވެސް ބޯޓު ގެއްލުނީ ކީއްވެގެންކަަމާއި، ބޯޓު ކެޕްޓަނަށް ދިމާވި ސިއްޙީ މައްސަލައިގެ އެއްވެސް ތަފްސީލު ފުލުހުން އަދި ހާމަނުކުރައްވައެވެ.ފުލުހުން ބުނީ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ