މީޑިއާ ކޮމިޝަންގެ ރައީސް އައްޔަންކުރަން ކޮމިޓީއަށް ފޮނުވައިފި
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައީސަކު އައްޔަންކުރުމުގެ މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ.އާ ގާނޫނުގައި ވާގޮތުން އެ ކޮމިޝަންގެ ރައީސަކު އައްޔަންކުރަނީ މަޖިލީހުންނެވެ.އެހެންވެ، ކޮމިޝަނަށް އައްޔަންކުރައްވާފައިވާ ހަތް މެންބަރުންގެ ނަން ވެސް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް މިއަދު ވަނީ ފޮނުވާފަ އެވެ. ކޮމިޓީން އެ ކޮމިޝަނަށް ރައީސަކު ކަނޑައެޅުމުން ތަޅުމުގައި އަދި ވޯޓަށް އަހާނެއެވެ.ފާހަގަކޮށްލެވޭ ގޮތުގައި މީޑިއާ ކޮމިޝަންގެ އިންތިޚާބަށް މީޑިއާތަކުގެ ފަރާތުން މާ ބޮޑު ތަރުހީބެއް ނުލިބެއެވެ. އެހެންވެ، އެ މެންބަރުން އިންތިހާބުވީ ވޯޓަކަށް ނުގޮހެވެ.މީޑިއާ ރެގިއުލޭޓްކުރާ ބިލު ތަސްދީގުކުރީ ގިނަ މީޑިއާތަކުން އެ ގާނޫނާ ދެކޮޅު ހަދަނިކޮށެވެ. އެއީ، މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅޭ، އަދި ސަރުކާރަށް މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް އޮތް ގާނޫނެއް ކަމަށް ބުނެ، ތަޖުރިބާކާރު ގިނަ ނޫސްވެރިން ވަނީ ބިލާ ދެކޮޅު ހަދާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ