ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، ރައީސް މުހައްމަދު މުއިއްޒާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ތަފްސީލް - ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ އިންފަންޓީނޯ އިހުތިރާމްގެ ޒިޔާރަތެއްގައި ރައީސާ ބައްދަލު ކުރައްވައި ބޮޑަށް މަޝްވަރާކުރެއްވީ، ރައީސް އޮފީހުން ބުނިގޮތުގައި:
ރާއްޖޭގައި ފުޓުބޯޅަ ކުރިއެރުވުމާ ގުޅޭގޮތުން
އެކަމުގައި ފީފާއަށް އެއްބާރުލުން ދެވޭނެ ދާއިރާތަކާ ގުޅޭގޮތުން
ރާއްޖޭގެ ފުޓުބޯޅަ އެސޯސިއޭޝަން، (އެފްއޭއެމް)ގެ ކުރިއެރުވުމަށް އެއްބާރުލުންދީ، ފުޓުބޯޅަ ހަރުދަނާ ކުރުމާ ގުޅޭގޮތުން
މި ބައްދަލުވުމުގައި އިންފަންޓީނޯ ވަނީ ފީފާގެ ޖޯޒީއެއް ރައީސަށް ހަދިޔާކުރައްވާފަ އެވެ. ޖޯޒީގެ ފުރަގަހުގައި އެ މަނިކުފާނުގެ ނަން ޖަހާފައި ވެ އެވެ.
އެނގުން މުހިއްމު - ބައިނަލްއަގުވާމީ ކުޅިވަރުގެ އެންމެ ނުފޫޒު ގަދަ އެއް ޝަހުސިއްޔަތުގެ ގޮތުގައި ބެލެވޭ އިންފަންޓީނޯ މިއަދު ރާއްޖެ ވަޑައިގަތުމުން ހޫނު މަރުހަބާއެއް ވަނީ ކިޔާފަ އެވެ.
ފީފާގެ ރައީސަކު އެންމެ ފަހުން ރާއްޖެ ޒިޔާރަތް ކުރެއްވީ 2005 ވަނަ އަހަރު އެވެ.
އިންފަންޓީނޯ ރައީސް އަރިހަށް؛ މަޝްވަރާ ކުރެއްވީ ފުޓުބޯޅަ ކުރިއެރުވުމާ ގުޅޭގޮތުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ