އައްޑޫ ކައުންސިލުން ވަކިވާން ހުޅުދު އާއި މީދޫން ނިންމައިފި

އައްޑޫ ސިޓީ ކައުންސިލުން ވަކިވެ ހުޅުދޫ އާއި މީދޫގައި ވަކިވަކި ރަށު ކައުންސިލް އުފެއްދުމަށް ފެންނަ ކަމަށް އެ ދެ ރަށުގެ ރައްޔިތުން މިއަދު ވޯޓު ދީފި އެވެ.މިހާތަނަށް ގިނަ ފޮށިތަކެއް ގުނައިފައިވާއިރު، އެ ފޮށިތަކުގެ ނަތީޖާތައް ދައްކާ ގޮތުން ފޭދޫއިން ބޭނުންވަނީ، އައްޑޫ ސިޓީ ކައުންސިލުގެ ދަށުގައި އޮވެ، އިދާރީ ހިންގުން ކުރިއަށް ގެންދާށެވެ. ނަމަވެސް އައްޑޫގެ ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ ހުޅުދޫއާއި، މީދޫއިން ބޭނުންވަނީ އެއްފަސްކޮށް އޮންނަ އެ ދެ ރަށުގައި ވަކި ދެ ކައުންސިލެއް ހަދައިގެން އިދާރީ ހިންގުން ކުރިއަށްގެންދާށެވެ.ވަގުތީ ނަތީޖާތައް ދައްކާގޮތުން، ވޯޓު ލީ ޖުމްލަ މީހުންގެ 67 ޕަސެންޓަށްވުރެ ގިނަ މީހުން ހުޅުދޫ ވަކިވާން ފެންނަކަމަށް ވަނީ ބުނެފައެވެ. މީދޫ ވަކިވާން ފެންނަކަމަށް 82 ޕަސެންޓަށްވުރެ ގިނަ މީހުން ވޯޓުދިނެވެ. އަދި ފޭދޫ ވަކިވާން ބޭނުންނުވާކަަމަށް 70 ޕަސެންޓަށްވުރެ ގިނަ މީހުން ވޯޓު ދީފައިވެ އެވެ.މި ރިފަރެންޑަމްގެ ދާއިމީ ނަތީޖާ އިއުލާނުކުރާނީ މާދަމާ އެވެެ.ސަރުކާރުން މިކަމުގައި ވަކި ސްޓޭންޑެއް ނެތް ކަމަށް ބުނި ނަމަވެސް ހޯމް މިނިސްޓަރު އަލީ އިހުސާނާއި ރައްޔިތުންގެ މަޖިލީހުގައި ފޭދޫ ތަމްސީލުކުރާ ފޭދޫއަށް ނިސްބަތްވާ ދެ މެންބަރު ކަމަށްވާ އިބްރާހިމް ދީދީ އާއި އިސްމާއިލް ނިޒާރު ކެމްޕޭން ކުރައްވަމުން ގެންދެވީ ފޭދޫ ވަކިކުރުމަށެވެެ.މިއީ ލާމަޒުކަޒީ ގާނޫނަށް އަމަލުކުރަން ފެށިތާ މިވީ 15 އަހަރުގެ ތެރޭގައި ސިޓީ ކައުންސިލެއް ރޫޅާލި ފުރަތަމަ ފަހަރަށެވެ. މި ތިން ރަށް އައްޑޫ ސިޓީ ކައުންސިލުގެ އިހުތިސާސުން ވަކިވިޔަސް، އެ ކައުންސިލަށް ލިބިފައިވާ ސިޓީ ކައުންސިލެއް ލަގަބު ގެއްލިގެން ނުދާނެ އެވެ. ސަބަބަކީ ހިތަދޫގެ އާބާދީ އެކަނި ވެސް 17،000 އާ ގާތްކުރާތީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ