މެންބަރު ހުސައިން ޝަރީފުގެ އަނބިކަނބަލުންނަށް 55،000ރ. ގެ މުސާރަ ލިބޭ ވަޒީފާއެއް ދީފި މެންބަރު ހުސައިން ޝަރީފުގެ އަނބިކަނބަލުންނަށް 55،000ރ. ގެ މުސާރަ ލިބޭ ވަޒީފާއެއް ދީފި

ޕީއެންސީގައި ހުންނަވައިގެން ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް އަދި ހާއްސަކޮށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ ކަންކަމަށް ފާޑުވިދާޅުވަމުން ގެންދެވި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސެއިން ޝަރީފުގެ އަނބިކަނބަލުންނަށް ބޮޑު މުސާރައެއް ލިބޭ މަގާމެއް އެޗްޑީސީން ދީފި އެވެ.
ޝަރީފުގެ އަނބިކަނބަލުން ޝިނާ ވަޖީހު އަށް އައްޔަން ކުރީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ ބިއުރޯގެ ޗީފްގެ މަގާމުގަ އެވެ. އޭނާ އައްޔަން ކުރީ ޑިރެކްޓަރެއްގެ ފެންވަރުގައި ކަމަށާއި މަހު މުސާރައަކީ 55،000ރ. ކަމަށް، އެ މައުލޫމާތު އެނގޭ މީހަކު އަދަދު ނޫހަށް ބުންޏެވެ.
"މިއީ މެންބަރު ޝަރީފަށްޓަކައި ދިން މަގާމެއް. އެތައް ދުވަހެއް ވެއްޖެ މިކަމެއްގައި ސަރުކާރަށް ޕްރެޝަރުކުރަމުން ގެންދާތާ،" އޭނާ ބުންޏެވެ. "ފަޒުލް ހުންނެވިއިރު ވެސް އިސް މެންބަރު ހުސައިން ޝަރީފުގެ އަންހެނުންނަށް ބޮޑު މަގާމެއް ހޯދަން މަސައްކަތް ކުރި."
ޝިނާ އެޗްޑީސީގެ ވަޒީފާއަށް ނުކުންނަން ފެށީ އިއްޔެ އެވެ.
ބޮޑު މަގާމެއް ޝިނާއަށް ދިން އިރު، އެ މަގާމަށް މީހަކު ހޯދަން އިއުލާނު ނުކުރާ ކަމަށް ވެސް މައުލޫމާތު ދިން މީހުން ބުންޏެވެ.
މި ސަރުކާރުގެ ސިޔާސީ މަގާމުތައް، އެހެން ހުރިހާ ސަރުކާރަކަށް ވުރެ އިތުރުވެފައި ވާއިރު، ސިޔާސީ ނުފޫޒުން ސަރުކާރުގެ ކުންފުނިތަކަށް އައްޔަން ކުރާ މީހުންގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
މި ސަރުކާރާއެކު ދައުލަތުގެ މުސާރު އާއި އިނާޔަތުގެ ބަޖެޓު އެތައް ގުނައެއް އިތުރުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ