މިހާރަކަށް އައިސް އަލަށް ފެންނަ ކޮންމެ އެއްޗެއް ބޭނުންވަމުން ގޮސް އެކަމުގެ އަސަރު އަމިއްލަ ދިރިއުޅުމަށްވެސް ވަރަށް ބޮޑަށް ކޮށްފިއެވެ. އަތުގައި އޮންނަ ފޯނު ކިތަންމެ ރަނގަޅުނަމަވެސް އަލަށް ނުކުންނަ ފޯނު ބޭނުންވެއެވެ. ކާރުފަދަ ތަކެތިވެސް ބޭނުންވެއެވެ. އެގޮތަށް ބޭނުންވަމުން ގޮސް ޙަޔާތުގެ ބައިވެރިޔާވެސް މިއޮންނަނީ އަބަދު ބަދަލުކުރަންޖެހިފައެވެ. އަނބިން ބަދަލުކުރަންޖެހިފައެވެ. ރީތި ކޮންމެ އަންހެނަކާ ގުޅެން ބޭނުންވާތީއެވެ.
ތަނަވަސްކަން ހުރިނަމަ ފޯނާއި ކާރު ބަދަލުކުރުމަކީ މައްސަލައެއް ނޫނެވެ. ބާކީކުރާ ފޯނާއި ކާރު އެހެން މީހަކަށް ހަދިޔާކުރެވިދާނެއެވެ. އަދި ވިއްކައިވެސްލެވިދާނެއެވެ. ނަމަވެސް ދަރަނިވެރިވެގެން އެކަން ކުރުމެއް ނެތެވެ. ހަމައެއާއިއެކު އެގޮތަށް އަނބިން ބަދަލުކުރަން ވެއްޖެނަމަ އެކަން ބޮޑު މައްސަލައަކަށްނުވެ ނުދާނެއެވެ. އަދި އެކަމަކީ ދީނުގައި ހުއްދަގޮތެއްވެސް ނޫނެވެ.
ގެންގުޅޭ ތަކެތި އަބަދު އައުކުރަން ހަދައިގެން މުޅި ޢުމުރު ދަރަނިވެރިކަމުގައި އުޅެންޖެހޭ މީހުން މަދެއް ނޫނެވެ. ޚާއްޞަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގައި ދަރަންޏަށް ތަކެތި ލިބުން ފަސޭހަވުމުން މިފަދަ ކަންކަން އޮންނަނީ ވަރަށް ބޮޑަށް ޢާންމުކަމަކަށްވެފައެވެ. ދަރަނިތަކަށް ކެނޑުމުން އަމިއްލައަށް ބޭނުންކުރަންޖެހޭ ފައިސާކޮޅު މަދުވެ ޙާލުގައި ޖެހޭ މީހުން ދަނީ ގިނަވަމުންނެވެ. ބަލިވުން، ވަޒީފާ ގެއްލުން ފަދަ ކަންކަމާއި ގުޅިގެން ގިނަ ބައަކު އެންމެ ބޮޑަށް ނިކަމެތިވެ ޙާލުގައި ޖެހެނީ ދަރައިގެން ދިރިއުޅެން އާދަކޮށްފައިވުމުންނެވެ.
އިސްލާމް ދީން ބާރުއަޅަނީ ދަރަނިވެރި ނުވުމަށެވެ. ރީތި މީހަކު ފެންނައިރަށް ބައިވެރިޔާ ބަދަލުނުކުރުމަށެވެ. ޒަވާޖީ ޙަޔާތް ދެމެހެއްޓުމަށެވެ. ޚާއްޞަކޮށް ދަރިން ލިބުމުން ވަކިނުވުމަށެވެ. ދެން އެހެން ގޮތެއް ނެތިގެން ނޫނީ ކައިވެނި ރޫޅައިނުލުމަށެވެ.
ކލުއާއި ސިފަ ރީތިވެފަ ޒަމާނީ ފެޝަނަށް ތިބޭ މީހަކު ފެންނައިރަށް އެމީހަކާއި ގުޅެން ބޭނުންވާނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ. ޑިޒައިނާއި ސްޓައިލް މިދަނީ ކޮންމެ ދުވަހަކު ބަދަލުވަމުންނެވެ. ކޮންމެ ދުވަހަކުވެސް އައު ޑިޒައިންތަކާއި ސްޓައިލްތައް ފެންނާނެއެވެ. މޫނުގައާއި ގައިގައި ކުލައުނގުޅައި ފުޓުނި އެޅިވަރަށް ރީތިކަމަށްވެސް ދައްކާނެއެވެ. ނުބަލައި އިސް ތިރިކުރަން ދީނުގައި އޮތީ މިފަދަ ސަބަބުތަކަށްޓަކައެވެ.
--މުފްތީ މެންކުގެ ދަރުސަކުން
ފެންނަހާ ރީތި އަންހެނެއްގެ ފަހަތުން ދުވަންވެއްޖެނަމަ ޖެހޭނީ ކޮންމެ ދުވަހަކު އެތައް ކައިވެނިކުރަންތަ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ