ރެވާ މޯލްޑިވްސް މާދަމާ ރޭ ހުޅުވަނީ؛ ރީތި ހެދުން އަތްފޯރާ ފަށަށް

އަންހެނުންނަށް ހާއްސަ އެންމެ ފަހުގެ ރީތި ހެދުމާއި ދަބަސް އަދި ފައިވާން ވެސް އަތް ފޯރާފަށުގައި ލިބެން ހުންނާނެ ރެވާ މޯލްޑިވްސް މާދަމާ ރޭ ހުޅުވާނެ އެވެ.
ސަބްދެރިޔާ މަގު، ގަލޮޅު އޮޓޯ ގަރާޖު ކައިރީ ހުޅުވަން ތައްޔާރުވާ ފިހާރަ އިން 'އެޗް އެންޑް އެމ'ް، 'ޔުނިކްލޯ' އަދި 'ޒާރާ' ފަދަ މަގުބޫލު ފާސްޓް ފެޝަން ބްރޭންޑުތަކުގެ ހެދުމާއި ޖީންސް ލިބެން ހުންނާނެ އެވެ.
ހަފްލާއަކަށް ދިގު ހެދުމެއް ހޯދަން ވިޔަސް ދެން މާ އުނދަގުލެއް ނުވާނެ އެވެ. ރެވާ މޯލްޑިވްސްއިން ވިއްކާ ހެދުންތަކުގެ ތެރޭގައި ދިގު ހެދުން ވެސް ހިމެނެ އެވެ. ކުރިއާލާ ފަހަން ދީގެން މިނަށް ވެސް ދިގު ހެދުން ފަހައިދޭނެ އެވެ.
ދިގު ހެދުން ފަހަން ރީތި އެންމެ ފަހުގެ އަރާމު ފޮއްޗާއި ދިގު ހެދުމުގައި ހަރުކުރާ ރީތި ބްރޫޗް ވެސް އެ ފިހާރައިން ލިބޭނެ އެވެ.
އެންމެ ފަހުގެ ޑިޒައިންތަކުގެ 'ހޭންޑް ޕިކްޑް'، އަޅާލަން ފަސޭހަ ރީތި ޝޯލް ވެސް 'ރެވާ' ބްރޭންޑުގެ ދަށުން ވިއްކަ އެވެ. އެކި މުނާސަބަތުތަކާ ގުޅޭ ފައިވާނާއި ދަބަހުގެ އިތުރުން ސްޓައިލިޝް އަވިއައިނު ވެސް ތަކެތީގެ ތެރޭގައި ހިމެނެ އެވެ.
ރެވާ މޯލްޑިވްސް މި ހުޅުވަނީ ރީތި، ހިތްގައިމު އިންޓީރިއާއަކާ އެކު އެވެ. އޭގެ މާނައަކީ މިއީ ވިޔަފާރިކުރުމުގެ ވައްޓަފާޅި އާއި ހިތްހަމަޖެހުމަށް ވަރަށް ހާއްސަ ފިހާރައަކަށް ވެސް ވުމެވެ. 
ރެވާ މޯލްޑިވްސް ހުޅުވަން މާދަމާރޭ ބާއްވާ ހަފްލާގައި މަޝްހޫރު ބޭންޑު 'ޓޫ އޮފް އަސް' ގެ ހުށަހެޅުންތައް ފެންނާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ