ތިލަފުށީ ފަޅުން ލޯންޗެއް ވަގަށް ނެގި ދެ މީހަކު ހައްޔަރުކޮށްފި

ތިލަފުށީ ފަޅުން ލޯންޗެއް ވަގަށް ނެގި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ ތިލަފުށީ ފަޅުން ސްޕީޑް ލޯންޗެއް ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެމީހުންނަކީވެސް ދިވެހިން ކަމަށެވެ. ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ:
ފުލުހުން ބުނީ ކޯޓަށް ހާޒިރުކުރުމުން ދެ މީހުންގެ ބަންދަށްވެސްވަނީ ފަސް ދުވަސް ޖަހާފައިވާކަމަށާއި، މި ކުށަށް ދެ މީހުންވެސް އިއުތިރާފްވެފައިވާ ކަމަށެވެ. ފުލުހުން ބުނީ މި ދެ މީހުން ވަނީ ތިލަފުށީ ފަޅުގައި އޮތް ސްޕީޑް ލޯންޗެއް ވަގަށް ނެގުމަށް ފަހު އެ ލޯންޗަށް ގެއްލުންދީ އަދި ލޯންޗުގެ އިންޖީނުގެ ގިއަރެއް ވަގަށް ނަގާފައި ކަމަށެވެ.
މި ދެމީހުންގެ ބަންދު އަމުރުގައި ބަޔާންކޮށްފައި ވާގޮތުން ކުށަށް އިއުތިރާފުވެފައިވުމާއެކު ތަހުގީގު މަރުހަލާގައި ވެސް އިއުތިރާފު އެއްބަސްވުން ނުވަތަ ނަސޭހަތުގެ އެއްބަސްވުން ހެދުމުގެ ފުރުސަތު އޮތްކަމަށް ވަނީ އަންގާފައެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ