މަގާމުން ދުރުކޮށްފައިވާ ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާގެ މައްޗަށް ކުރިން އިއްވާފައިވާ މަރުގެ ހުކުމުގެ އިތުރަށް 21 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
މި ފަހަރު ހުކުމެއްް މިއައީ ސަރުކާރުގެ މަޝްރޫއަކަށް ބިން ކަނޑައެޅުމާ ގުޅޭ ކޮރަޕްޝަނުގެ މައްސަލައެއްގަ އެވެ.
ހަސީނާގެ މައްޗަށް އިއްޔެ ކުށް ސާބިތުވާ ކަމަށް ކޯޓުން ހުކުމް ކުރީ ވެރިރަށް ޑާކާގެ އަވަށަކުން އޭނާ އަށާއި އޭނާގެ އާއިލާ އަށް ގާނޫނާ ހިލާފަށް ގޯތި ހޯދައިދިން މައްސަލައެއްގަ އެވެ.
ހަސީނާގެ ސަރުކާރާ ދެކޮޅަށް މިދިޔަ އަހަރު ކުރި މުޒާހަރާތައް ބާރުގެ ބޭނުންކޮށް ރޫޅާލައި އެތައް ބަޔަކު މަރުވި މައްސަލާގައި ހަސީނާ ދަންޖައްސައިގެން މެރުމަށް ހުކުމް ކުރީ މިދިޔަ ހަފުތާގަ އެވެ. އަދި އެ މުޒާހަރާތަކާ ގުޅިގެން އޭނާގެ މަގާމު ގެއްލި ވަނީ ފިއްލަވައިގެން އިންޑިއާގެ ހިމާޔަތް ހޯއްދަވައިފަ އެވެ.
ހަސީނާ ބަނގްލަދޭޝްގެ ހެލިކޮޕްޓަރެއްގައި ފިއްލަވައިގެން އިންޑިއާއަށް ވަޑައިގަތީ މިދިޔަ އަހަރުގެ 5 އޯގަސްޓްގަ އެވެ.
ހަސީނާ، 78، މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ އިންޑިއާގަ އެވެ. ރިޕޯޓްތައް ބުނާގޮތުން ނިއު ދިއްލީން ދަނީ ބަނގުލާދޭޝްގެ އެދުމުގެ މަތީން އޭނާ އެ ގައުމަށް ފޮނުވުމާ މެދު މަޝްވަރާ ކުރަމުންނެވެ.
މަރުގެ ހުކުމަށް ފަހު ބަނގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ހަސީނާ 21 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ