ޔޫތު ހެކަތޯން ނިންމާލައި، ވަނަވަނައަށް އިނާމު ދީފި
ޔޫތު މިނިސްޓްރީން ކުރިއަށް ގެންދިޔަ މޯލްޑިވްސް ޔޫތު ހެކަތޯން އިން އެއްވަނަ "ސީ ސްޓޭކް" ގެ ޓީމު ހޯދައިފިއެވެ. މި ހެކަތޯން ނިންމުމުގެ ގޮތުން ހާއްސަ ރަސްމިއްޔާތެއް ރޭ ބާއްވާފައިވާއިރު މި ހެކަތޯންއިން އެއްވަނަ އަށް ދިޔަ "ސީ ސްޓޭކް" ޓީމަށް އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމު ހަވާލުކޮށްދެއްވީ އުރީދޫ މޯލްޑިވްސްގެ ޗީފް އެގެޒެކެޓިވް އޮފިސަރު ހާލިދު އަލް ހަމާދީއެވެ. މި ހެކަތޯންގެ ރަނަރަޕް ޓީމަކަށް ހޮވިފައިވަނީ "ވޭވް މައިންޑްސް" އެވެ. ޔޫތު މިނިސްޓްރީން މިހަފްލާގައި ރަނަރަޕް ޓީމް "ވޭވް މައިންޑްސް" އަށް ހަތްދިހަ ފަސްހާސް ރުފިޔާ އަދި ތިން ވަނަ އަށް ހޮވުނު "ސިކްސް ސެ ވެން" ޓީމަށް ފަންސާސްހާސް ރުފިޔާ ވަނީ ހަވާލުކޮށްފައެވެ. މި ހެކަތޯންގައި ޕިޗް ކުރުމަށް ހަތަރު ދާއިރާއެއް ހުޅުވާލި ކަމަށް ޔޫތު މިނިސްޓްރީން ބުންޏެވެ. އެއީ ސްޕޯޓްސް ފިޓްނަސް އެންޑް އެކްޓިވް ލައިފްސްޓައިލް (ކުޅިވަރާ ހަށިހެޔޮކަމާ އެކްޓިވް ވައްޓަފާޅި)، މެންޓަލް ވެލްނެސް އެންޑް ރެސިލެންސް (ނަފްސާނީ ދުޅަހެޔޮކަން) ، ޔޫތު ވެންޗަސް އެންޑް ގިގް އިކޮނޮމީ (ޒުވާނުންގެ ވިޔަފާރިއާ އީޖާދީ އިގްތިސާދީ ދާއިރާ) އަދި އާޓްސް ކަލްޗާ އެންޑް ޑިޖިޓަލް ކްރިއޭޓިވިޓީއެވެ. ޔޫތު މިނިސްޓްރީން ބުނީ ތިން ދުވަހަށް ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އަށްޑިހަ ޒުވާނަކު ބައިވެރިވި ކަމަށެވެ. ޔޫތު ހެކަތޯން ކުރިއަށް ގެންދިޔައީ ބުރާސްފަތި ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށެވެ. މެދުނުކެނޑި 48 ގަޑި އިރަށް ކުރިއަށް ގެންދިޔަ މިހަރަކާތުގައި ޓިމްތަކުން ތަފާތު ހަތަރު ތީމެއް ޓިކް އޭރިއާއަށް ޕިޗް ނުވަތަ ހުށަހެޅުންތައް ހުށަހަޅާފައިވެއެވެ. މި ހެކަތޯންގެ މެއިން ޕާޓްނަރަކީ އުރީދޫ މޯލްޑިވްސްއެވެ. އަދި ކޯޕާޓްނަރަކީ ވިމެން އިން ޓެކްއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ