މަގު ފުޅާކުރުމުގެ މަސައްކަތަށް މަސްމާރުކޭޓް ސަރަހައްދުގައި ހުރި ދޯނިތައް ނަގަން އަންގައިފި

މަސްމާރުކޭޓް ކުރިމަތީ މަގު ފުޅާކުރުމުގެ މަސައްކަތް ފެށުމަށް އެ ސަރަހައްދު ފަޅުގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް އެމްޕީއެލުން އަންގައިފިއެވެ.
އެމްޕީއެލުން މިއަދު ބުނީ ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ބާޒާރުމަތީ ސަރަހައްދުގެ މަގާއި އެ ސަރަހައްދުގެ އެއްގަމުތޮށި މަރާމާތު ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާތީވެ، މަސްދޯނިތައް އަޅާފައިވާ ސަރަހައްދުން ދޯނިތައް ނެގުމަށް އެދޭކަމަށެވެ. 
އެމްޕީއެލުން ނިންމާފައިވަނީ ބާޒާރުމަތީ ސަރަހައްދު ފަޅުގައިވާ ދޯނިތައް ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދިއުމަށެވެ. ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިމަހުގެ 20 ވަނަ ދުވަހު ފެށުމަށް ތައްޔާރުވަމުންދާއިރު، އެމްޕީއެލުން ބުނީ މަސްމާރުކެޓް ސަރަހައްދުގައި އަޅާފައިވާ ދޯނިތައް މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ނަގާ ނިންމަން ޖެހޭނޭކަމަށެވެ. 
ބާޒާރުމަތީ ސަރަހައްދުގައި އަޅާފައިވާ ދޯނިތައް ނެގުމަށް ނިންމާފައިވާގޮތް. އެންމެފުރަތަމަ ނަގަންޖެހެނީ ސެގްމަންޓް 1 ގައި އަޅާފައިވާ ދޯނިތައ
ބޮޑުތަކުރުފާނުމަގު ފުޅާކުރުމަށް ފަށާފައިވާ މަޝްރޫޢުގެ ދަށުން މިހާރުވަނީ އެމްއެމްއޭ ސަރަހައްދުގެ މަސައްކަތް ނިންމައި އާއްމުކޮށް ހުޅުވާލާފައެވެ. 
މި މަޝްރޫއަކީ ދިވެހި ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއާ ހަވާލުކޮށްފައިވާ މަޝްރޫއު އެކެވެ. އެ ކުންފުންޏަށް މި މަސައްކަތް ހަވާލުކޮށްފައި ވަނީ 144,509,024.16 ރުފިޔާ އަށެވެ. މި މަސައްކަތް 455 ދުވަސްތެރޭ ނިންމަން ޖެހެއެވެ.
މިމަޝްރޫއުގެދަށުން ކުރުމަށްހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ ބޮޑުތަކުރުފާނުމަގު އުތުރުފަރާތުން ފުޅާކޮށް ހަތަރު ލޭނަށް މަގުހެދުމާއި 830 މީޓަރުގެ މަގުގައި ތާރު އެޅުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ