މާލޭގެ މޭޔަރުގެ ރޭހަށް މޫސާ އަލީ ޖަލީލު ނުކުންނަވަނީ މާލޭގެ މޭޔަރުގެ ރޭހަށް މޫސާ އަލީ ޖަލީލު ނުކުންނަވަނީ

މާލެ ސިޓީގެ މޭޔަރުކަމުގެ ރޭހަށް ރިޓަޔަޑު މޭޖާ ޖެނެރަލް މޫސާ އަލީ ނުކުންނަވަން ނިންމަވާފައިވާކަން އެނގިއްޖެ އެވެ.
ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް ވެސް އަރުވާފައިވާ މޫސާ އަލީ ޖަލީލް މާލޭގެ މޭޔަރުކަމަށް ނުކުންނަން ނިންމަވާފައިވާކަން އަދަދު އަށް ވަނީ ކަށަވަރުވެފަ އެވެ. ނަމަވެސް އޭނާ ނުކުންނަވަނީ ވަކި ޕާޓީއެއްގެ ޓިކެޓުގައި ކަމެއް ނުވަތަ އަމިއްލަ ގޮތުން ކަމެއް އަދި ނޭނގެ އެވެ.
މާލޭގެ މޭޔަރުގެ ރޭހުގެ ވާދަ ގަދަވެފައިވާއިރު، އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކޮށް ކެމްޕޭނު ކުރައްވަމުން ގެންދަވަނީ ދެ ބޭފުޅުންނެވެ. އެއީ މާލޭގެ މިހާރުގެ މޭޔަރު، އާދަމް އާޒިމް އާއި ހެންވޭރު މެދު ދާއިރާގެ ކުރީގެ މެންބަރު، އަލީ އާޒިމް އެވެ.
މާލޭގެ މޭޔަރުކަމަށް ވެރިކަންކުރާ ޕީއެންސީން ނެރޭނެ ކެންޑިޑޭޓެއް އަދި ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު 3، ގައި މޫސާ އަލީ ޖަލީލަށް ނިޝާން އަސްކަރީ ވެރިކަމުގެ އިއްޒަތް އެރުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.
މޫސާ އަލީ ޖަލީލަށް އެ އިއްޒަތް އެރުވުމަށް ރައީސް ނިންމެވީ ދިވެހި ގައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި އަސްކަރީ ގޮތުން ކުރެއްވި އަގުހުރި ހިދުމަތްތަކާއި ގައުމުގެ އިސްތިގުލާލާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓެވުމަށްޓަކައި ކޮށްދެއްވި މަސައްކަތް ފާހަގަ ކުރައްވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ