ލީގުގެ ފުރަތަމަ ދެ މެޗުން ޕޮލިހާއި ވެމްކޯ އަށް މޮޅެއް ލީގުގެ ފުރަތަމަ ދެ މެޗުން ޕޮލިހާއި ވެމްކޯ އަށް މޮޅެއް

އިއްޔެ ފެށި ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަނުގައި ކުޅުނު ފުރަތަމަ މެޗުން ޕޮލިސް ކްލަބާއި ކްލަބް ވެމްކޯ މޮޅުވެއްޖެ އެވެ.
އެސޯސިއޭޝަން ކަޕްގެ ގަދަ ހަ ޓީމުގެ މެދުގައި ކުރިއަށްދާ ގައުމީ ލީގުގައި އިއްޔެ ހަވީރު ކުޅުނީ ޕޮލިހާއި ފްލެކްސާ ސްޕޯޓްސް ކްލަބްގެ މެޗެވެ. އެ މެޗުން ޕޮލިސް މޮޅުވީ 3-1 ސެޓުންނެވެ.
މެޗުގެ ފުރަތަމަ ސެޓު ޕޮލިހުން 25-20 އިން ގެންދިޔައިރު، ދެ ވަނަ ސެޓު، ފްލެކްސާ އިން ވަނީ 26-28 އިން ގެންގޮސްފަ އެވެ. އެކަމަކު، ދެން ކުޅުނު ދެ ސެޓު ގެންގޮސް ޕޮލިހުން މެޗު ކާމިޔާބުކުރީ އެވެ. ފަހު ދެ ސެޓު ޕޮލިހުން ގެންދިޔައީ، 25-18 އާއި 25-17 އިންނެވެ.
މުބާރާތުގައި ރޭ ކުޅުނީ، އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ފަސް ވަނަ ފަހަރަށް ހޯދި ވެމްކޯ އެވެ. ވެމްކޯ އިން ވަނީ ހުރާ ކޮމިއުނިޓީ ކްލަބް އަތުން 3-1 އިން މޮޅުވެފަ އެެވެ. މެޗުގެ ފުރަތަމަ ދެ ސެޓު، ވެމްކޯ އިން ގެންދިޔައީ 25-19، 25-22 އިންނެވެ. ތިން ވަނަ ސެޓު، ހުރާ އިން 16-25 އިން ގެންގޮސް މެޗުން މޮޅުވުމަށް އުންމީދެއް ހޯދި އެވެ.
އެކަމަކު، ހަތަރު ވަނަ ސެޓު، 25-15 އިން ގެންގޮސް ވެމްކޯ ވަނީ މެޗުން މޮޅުވެފަ އެެވެ.
މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި، ގުޑް ގޭމްސް ސްޕޯޓްސް އެކަޑަމީ ބައްދަލުކުރާނީ ސިޓީ ފްރެންޑްސް ކްލަބްއާ އެވެ. އަދި، މިރޭ ކުޅޭ މެޗުގައި، ވެމްކޯ އިން ބައްދަލުކުރާނީ ފްލެކްސާއާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ