ދިވެހި ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، މާދަމާ މާލޭގައި މަގުމަތީ ހިނގާލުމެއް ބޭއްވުމަށް ހަމަޖަމަޖެހިފައިވާ ކަމަށް ޤައުމީ ދިފާޢީ ބާރު(އެމްއެންޑީއެފް) އިން ބުނެފިއެވެ.
މާދަމާ ހަވީރު 16:15 ގައި ބަންޑާރަކޮށިން ފެށުމަށް ހަމަޖެހިފައިވާ މި ހިނގާލުން ޝަރަފުވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ.
މި ހިނގާލުން މާލޭގެ ކަނޑައެޅިފައިވާ މަގުތަކުން ކުރިއަށްދާއިރު، ފަސް ސަރަހައްދެއްގައި ލަޝްކަރު މަޑުކުރާނެ ކަމަށާއި، ކޮންމެ ހުއްޓުމެއްގައި ވެސް އަސްކަރީ ބޭންޑުގެ މިއުޒިކް ޕާފޯމަންސްތައް ހިމެނޭނެ ކަމަށް ސިފައިން މައުލޫމާތު ދެއެވެ. ލަޝްކަރު ހުއްޓޭނެ ސަރަހައްދުތަކުގެ ތެރޭގައި އަމީރު އަޙްމަދުމަގު، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކުރިމަތި، ސޯސަންމަގު ދިވެހިބަހުގެ އެކެޑަމީ ކުރިމަތި، މަޖީދީމަގާއި ޗާންދަނީމަގު ހަތަރުއަނގޮޅި، މަޖީދީމަގު މިލިޔަން ބުކްޝޮޕް ކުރިމަތި އަދި ބޮޑުތަކުރުފާނުމަގު ކަޅުތުއްކަލާކޮށި ހުޅަނގު އުތުރު ކަންމަތި ހިމެނެއެވެ.
މި މަގުމަތީ ހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާކޮށްޓަށެވެ. މި ހަރަކާތުގައި ދިވެހި ސިފައިންގެ އެކިއެކި ދާއިރާތަކާއި ޚިދުމަތްތައް ޢާންމުންނަށް ދައްކުވައިދޭނެ ސިފައިން ބުނެއެވެ.
ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މާދަމާ މާލޭގައި ހިނގާލުމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ