ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް މެމްބަރުން ހޮވުމަށް
މިއަދު ބާއްވަން ކަނޑައެޅި ބައި އިލެކްޝަންގެ 37 ގޮނޑީގެ ތެރެއިން 33 ގޮނޑި ވެރިކަން ކުރާ ޕީއެންސީން ކާމިޔާބުކުރުމާ ގުޅިގެން އިންތިޚާބު ކާމިޔާބު ކުރި މެމްބަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.
އިންތިޚާބު ކާމިޔާބުކުރި ކެންޑިޑޭޓުންނަށާއި ވޯޓުލީ ފަރާތްތަކަށް މަރުޙަބާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓުގައިވަނީ މިއަދު ބާއްވަން ކަނޑައެޅި ބައި އިލެކްޝަންގެ ގޮނޑިތައް ޕީއެންސީން ލިބުނުގޮތުގެ ތަފްސީލް ހިއްސާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަދު ބާއްވަން ކަނޑައެޅި ބައި އިލެކްޝަންގެ 37 ގޮނޑީގެ ތެރެއިން އިންތިޚާބަކާ ނުލައި 24 ގޮނޑި އަދި އިންތިޚާބުގައި ވާދަކޮށްގެން ކާމިޔާބު ކުރި 9 ގޮނޑިއާއެކު ޕީއެންސީއަށް ޖުމްލަ 33 ގޮނޑި ލިބިފައިވާ ކަމަށެވެ.
އަދި މިއަދު ބޭއްވި ބައި އިލެކްޝަންގައި އަތޮޅު ކައުންސިލް ރައީސް ކަމުގެ 1 ގޮނޑިއާއި ރަށު ކައުންސިލް ރައީސްކަމުގެ 1 ގޮނޑިއާއި ރަށު ކައުންސިލް މެމްބަރުކަމުގެ 2 ގޮނޑިއާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ 29 ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިކާމިޔާބީއަށްޓަކައި މާތްﷲ ހަޟްރަތަށް ހަމްދުކުރައްވާ އިންތިޚާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓުންނަށް ރައީސުލްޖުމްހޫރިއްޔާވަނީ މަރުހަބާ ވިދާޅުވެފައެވެ. އަދި އިންތިޚާބު ކާމިޔާބުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވި ފަރާތްތަކަށާއި، ވޯޓުގައި ބައިވެރިވި ރައްޔިތުންނަށް އެމަނިކުފާނުވަނީ ޝުކުރުއަދާކުރައްވާފައެވެ.
ޕީއެންސީއަށް 33 ގޮނޑި؛ އިންތިޚާބު ކާމިޔާބު ކުރި ކެންޑިޑޭޓުންނަށް ރައީސްގެ މަރުޙަބާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ