ކ. ގުޅީގައި ފެށުނު ވެމްކޯގެ ޚިދުމަތާއެކު އެ ރަށުގައި ބޮޑުވެފައި އޮތް ކުނީގެ މައްސަލައަށް އެދެވޭ ހައްލެއް ލިބިގެންދާނެކަމަށް ފަތުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ކ. ގުޅީގައި ވެމްކޯގެ ޚިދުމަތް ފައްޓަވައިދެއްވާ ވާހާކަފުޅު ދައްކަވަމުންނެވެ.
ރާއްޖެއަކީ ސާފު ތަނެއްގެ ގޮތުގައި ބޭއްވުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެކި ރަށްތަކުގައި ކުނި މެނޭޖްކުރުމުގެ ޚިދުމަތް ވެމްކޯއިން އަންނަނީ ދެމުންނެވެ. މިގޮތުން ގުޅީގައި ވެމްކޯގެ ޚިދުމަތް މިހާރު މިވަނީ ފަށާފައެވެ. ގުޅީގައި ވެމްކޯގެ ޚިދުމަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކ. އަތޮޅު ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ގުޅިއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނަށްވެ ވަޑައިގެންފައިވާ ވައުދެކެވެ.
ގުޅީގައި ވެމްކޯގެ ޚިދުމަތް ފައްޓަވައިދެއްވާ ވާހަކަދައްކަވަމުން ފަތުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ، އެރަށަކީ ފަތުރުވެރިކަން މި ވަގުތުވެސް ވަރަށް ފުޅާ ދާއިރާއެއްގައި ދެމުންދާ ރަށެއްކަމަށާއި ކުރިއަށް ހުރި އަހަރުތަކުގައިވެސް ފަތުރުވެރިކަން އިތުރަށް ފުޅާކުރެވިގެންދާނެކަމަށެވެ.
ކުނީގެ މައްސަލައަކީ އެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ވެމްކޯއާއެކު މި ފެށިގެންދާ މަސައްކަތުން މިކަމަށް އެދެވޭ ނަތީޖާއެއް ލިބިގެންދާނެކަމަށެވެ. އަދި ކުނި ނެގުމާއި މެނޭޖްކުރުމުގެ މަސައްކަތްތައް ހަރުދަނާ އުސޫލުތަކެއްގެ މަތިން ކުރިއަށް ގެންދެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މީގެ ސަބަބުން ކުނި އުކާލުމުގެ ނިޒާމު ހަރުދަނާވެ، ރަށުގެ ވެށި ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅަކަށް މިކަން ވެގެންދާނެކަމަށެވެ. ވަޒީރު ވިދާޅުވީ އެ ވުޒާރާއާއި ވެމްކޯއިން ގުޅިގެން ކުނީގެ މައްސަލަ ހައްލުކުރުމަށް މިވަގުތުވެސް މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.
"ވެމްކޯއިން ވަނީ ފާއިތުވެދިޔަ 1 އަހަރު ދުވަސްތެރޭ ރާއްޖޭގެ ގިނަ ސަރަޙައްދުތަކަކަށް އެ ކުންފުނީގެ ޚިދުމަތް ފުޅާކޮށްފައި. ރައީސުލްޖުމްހޫރިއްޔާގެ ވަޢުދާއި އެއްގޮތަށް ކ.ގުޅީގައިވެސް މި ޚިދުމަތް ދިނުމަށް ކުރަންޖެހޭ މަސައްކަތް މިވަނީ ފެށިފައި." ވަޒީރު ވިދާޅުވިއެވެ.
ފަތުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ، ވެމްކޯގެ އައު އިސްނެގުންތަކުގެ ތެރޭގައި މާލެއިން ގެންނަ ކުނި ކޮންޓެއިނަރައިޒްކުރުމުގެ މަސައްކަތް ފެށުމާއި،ބަ ންކަރިންގ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ފެށުން ހިމެނޭކަމަށެވެ.
ސަރުކާރުން ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދީ ކުނި އުފައްދާ މަޞްދަރުން ފެށިގެން، ކުނި މެނޭޖްކުރާ ސަރަހައްދީ މަރުކަޒުގައި ކުނި ނައްތާލުމާ ހަމައަށް ވަށާޖެހޭ އަދި ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކުނި މެނޭޖްކުރުމުގެ ގޮތުން ޤައުމީ ޕްލޭނެއް އިފްތިތާޙްކޮށްފައެވެ.
މި ޕްލޭންގެ ދަށުން ކުނި މެނޭޖްކުރުމުގެ ހާލަތު ވަޒަންކޮށް ރަނގަޅު ގޮތުގައި ކުނި މެނޭޖްކުރުމަށް އެޅިދާނެ ފިޔަވަޅުތައް ދެނެގަނެ އާންމުން ހޭލުންތެރިކުރުން ހިމެނެއެވެ.
ވެމްކޯގެ ޚިދުމަތާއެކު ގުޅީގައި ބޮޑުވެފައި އޮތް ކުނީގެ މައްސަލައަށް އެދެވޭ ހައްލެއް ލިބޭނެ: ވަޒީރު ޠާރިޤު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ