ބަދަލެއް ދިނުމަށްފަހު، ރަށްރަށުގެ ކައުންސިލްތަކުގެ އިހުތިސާސުން ސަރުކާރަށް ބޭނުންވާ ސަރަހައްދުތައް ނެގުމުގެ ބާރުދީ ލޯކަލް ގަވަމަންޓު އޮތޯރިޓީން ގަވާއިދެއް ގެޒެޓުކޮށްފި އެވެ.
މިއަދު ގެޒެޓުކުރި މި ގަވާއިދުގައި ބުނެފައިވާ ގޮތުން މީގެ ފަހުން ކައުންސިލްތަކުގެ އިހުތިސާސުގައި ހިމެނޭ ވަސީލަތެއް، ބިނާއެއް، ނުވަތަ ނުއުފުލޭ މުދަލެއް ގައުމީ އިދާރާއެއްގެ ބޭނުމަށް ނެގޭނީ ކައުންސިލާއި އެ އިދާރާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.
މިފަދަ ތަނެއް ސަރުކާރުން ނަގާނަމަ އެތަނަކަށް ދޭން ޖެހޭ ބަދަލު ކަނޑައަޅާނީ އެ ތަނެއް ނުވަތަ ވަސީލަތެއްގެ އަގު އޮޑިޓާ ޖެނެރަލް ނުވަތަ އެފަދަ ތަނެއް އަގުކުރުމުގެ ހުއްދަ ލިބިފައިވާ މިނިވަން އޮޑިޓަރެއް މެދުވެރިކޮށެވެ.
މިގޮތުން ބަދަލުގެ ގޮތުގައި ކަނޑައެޅޭނީ:
ނަމަވެސް، ކައުންސިލަކުން ދެމުންދިޔަ ހިދުމަތެއް ގައުމީ އިދާރާއިން ދިނުމަށް ތަނެއް އަތުލާނަމަ ބަދަލެއް ދޭން ނުޖެހޭނެ ކަމަށް ވެސް ގަވާއިދުގައި ބުނެފައިވެ އެވެ.
މި ގަވާއިދުގައިވާ ގޮތުން، ރަށުގެ ވަސީލަތް ނަގަން ބޭނުންވާ ގައުމީ އިދާރާއާއެކު ބަދަލަކަށް އެއްބަސް ނުވެވިއްޖެނަމަ އެ މަޝްވަރާގެ ތެރެއަށް އެލްޖީއޭ އަދި ފިނޭންސް މިނިސްޓްރީން ވަންނަންޖެެހެ އެވެ. އެ ހިސާބުން ގޮތް ނިންމާނީ ފިނޭންސުންނެވެ. އެވަރުން ވެސް އެއްބަސްވުމަކަށް ނާދެވިއްޖެނަމަ ގޮތެއް ނިންމުމަށް ކޯޓަށް ދިއުމުގެ ފުރުސަތު ކައުންސިލްތަކަށް ލިބެ އެވެ.
ގައުމީ އިދާރާއަކުން ބޭނުންވާ ތަނަކީ އިންވެސްޓްމަންޓެއް ނުކޮށް އޮތް ތަނެއް ނަމަ. އެތަން 15 ދުވަހުގެ ތެރޭގައި އިދާރާއާ ހަވާލުކުރަން ވެސް މި ގާނޫނުން ލާޒިމު ކުރެ އެވެ.
މިފަދަ ގަވާއިދެއް މިއަދު ސަރުކާރުން ގެޒެޓުކުރިއިރު، މި ފަހުން ޓޫރިޒަމުގެ ބޭނުމަށް ކައުންސިލްތަކުގެ އިހުތިސާސުން އެކި ތަންތަން ބަދަލަކާ ނުލައި ސަރުކާރުން ވަނީ ނަގައިފަ އެވެ. މިފަދަ ތަންތަނަށް ބަދަލުދިނުން ތިން މަސްދުވަހުގެ ތެރޭގައި ނިންމަން ވާނެ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ.
ބަދަލެއް ދިނުމަށްފަހު ރަށްރަށުގެ އިހުތިސާސުގައި ހިމެނޭ ވަސީލަތްތައް ސަރުކާރަށް ނެގޭނެ ގަވާއިދެއް ހަދައިފި ބަދަލެއް ދިނުމަށްފަހު ރަށްރަށުގެ އިހުތިސާސުގައި ހިމެނޭ ވަސީލަތްތައް ސަރުކާރަށް ނެގޭނެ ގަވާއިދެއް ހަދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ