މާލެ ސަރަޙައްދުގެ 24 މިސްކިތެއްގައާއި، 4 ސަރަޙައްދެއްގައި ޢީދު ނަމާދު ކުރާނެ

މި އަހަރުގެ އަޟްހާ ޢީދު ނަމާދު، މާލެ ސަރަހައްދުގައި ބޮޑު ޖަމާއަތުގައި ކުރާ ތަންތަނުގެ އިތުރުން މާލެއާއި ވިލިމާލެއާއި ހުޅުމާލޭގެ މިސްކިތްތަކުގެ ތެރެއިން 24 މިސްކިތެއްގައި ކުރުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. މި އަހަރުގެ އަޟްހާ ޢީދު ދުވަހަކީ، އަންނަ ހުކުރު ދުވަހެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މާލޭ ސަރަހައްދުގައި، އަޟްހާ ޢީދު ނަމާދު ކުރުމަށްޓަކައި، އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މިނިސްޓްރީން ވަކި މިސްކިތްތަކާއި މައިދާންތައް ކަނޑައަޅާފައި ވާނެ ކަމަށެވެ. އެގޮތުން މާލޭ ސަރަހައްދުގައި އަޟްހާ ޢީދު ބޮޑު ޖަމާއަތް ހެދުމަށްޓަކައި ހަތަރު މައިދާނެއް ހަމަޖައްސާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އެއީ: މާލޭގެ މާފަންނު ސްޓޭޑިއަމް ވިލިމާލޭ ފުޓްބޯޅަ ދަނޑު ހުޅުމާލޭގެ ސްޓޭޑިއަމް ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކުރިކެޓް ސްޓޭޑިއަމް ޢީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރަނީ --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ މީގެ އިތުރުން މާލެއާއި ވިލިމާލެއާއި ހުޅުމާލޭގެ މިސްކިތްތަކުގެ ތެރެއިން 24 މިސްކިތެއްގައި ވެސް ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އެގޮތުން މާލެ ސަރަހައްދުގައި ޢީދު ނަމާދުކުރާ މިސްކިތްތަކަކީ: މަސްޖިދުއް ސުލްޠާން މުހައްމަދު ތަކުރުފާނުލް އަޢުޡަމް މަސްޖިދު މަލިކި ސަލްމާން މަސްޖިދުއް ސުލްޠާން މުހައްމަދު ބިން ޢަބްދިﷲ މަސްޖިދުލް ފުރްޤާން މަސްޖިދުއް ނޫރު މަސްޖިދުއް ޝަހީދު ޢަލީ މަސްޖިދުއް ސުލްޠާން ހަސަން ޢިއްޒުއްދީން މަސްޖިދުއް ސުލްޠާން މުހައްމަދު ފަރީދުލް އައްވަލް މަސްޖިދުއް ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް) މަސްޖިދުއް ސުލްޠާން މުހައްމަދު ޝަމްސުއްދީން މަސްޖިދު ޞަލާޙުއްދީން މަސްޖިދު ޖަލާލުއްދީން މަސްޖިދު އިބްރާހީމް (އިބްރާހީމީ މިސްކިތް) މަސްޖިދު އިސްކަންދަރު ވަގުތީ މިސްކިތް (ބޮޑުގެ) މަސްޖިދުއް ސުލްޠާން މުހައްމަދު ޢިމާދުއްދީން މަސްޖިދުއް ޝައިޚް މުހައްމަދު ޖަމީލްދީދީ މަސްޖިދު ޢަފީފުއްދީން ޒިޔާރަތް މިސްކިތް މަސްޖިދުލް ބިއްރި (ވިލިމާލެ) މަސްޖިދުއް ޝައިޚް ޤާސިމް ބިން މުހައްމަދު އާލް ޘާނީ (ހުޅުމާލެ) ހުޅުމާލެ ވަގުތީ މިސްކިތް (ނޭބަހުޑް 3) މަސްޖިދު އަބީބަކްރިނިއް ޞިއްދީޤު (ހުޅުމާލެ ފޭސް 2) މަސްޖިދު ޢުޘްމާނު ބިން ޢައްފާން (ހުޅުމާލެ ފޭސް 2) މަސްޖިދު އަމީލް ޖަލީލް (ހުޅުމާލެ ފޭސް 2) މަސްޖިދުއް ސަބީލް (ހުޅުލެ) މަސްޖިދުލް އިންތިޞާރު (ހުޅުލެ) ޢީދު ނަމާދަށް ބަޔަކު ދަނީ -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ އިސްލާމިކް މިނިސްޓްރީން ބުނީ މޫސުން ގޯސްވުމުގެ ސަބަބުން ޢީދުގެ ބޮޑު ޖަމާއަތް ހެދުމަށް ކަނޑައެޅިފައިވާ ހަތަރު ސަރަހައްދުގައި، ޢީދުގެ ބޮޑު ޖަމާއަތް ނުބޭއްވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އާންމު ގޮތެއްގައި މާލެއާއި ވިލިމާލެއާއި ހުޅުމާލޭގައި ހުކުރު ނަމާދު ކުރެވޭ ހުރިހާ މިސްކިތްތަކެއްގައި ޢީދު ނަމާދުކުރެވޭނެ ކަމަށެވެ. ޢީދު ނަމާދު ފެށުމަށް ހަމަޖެހިފައި ވަނީ ހެނދުނު 7:00ގައި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ