ރައްޔިތުން މަޖިލީހުގެ ޖަލްސާތައް މާދަމާ ފަށަނީ

ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް މާދަމާ ފެށުމަށް ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް މާދަމާ ފެށުމަށް ހަމަޖެހިފައިވާއިރު، 5 ކަމެއް ވަނީ ތާވަލްކޮށްފައެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ސުޕްރީމް ކޯޓަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވާފައިވާ ނަންތައް ދިރާސާ ކުރުމަށް ދާއިމީ ކޮމެޓީއަށް ފޮނުވުމެވެ.
މީގެ އިތުރުން މާދަމާގެ ޖަލްސާގައި ނޭޕާލް، ޔޫކްރެއިން އަދި އަޔަލޭންޑަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރުންގެ ނަންފުޅުތައްވެސް ވަބީ ފޮނުވުމަށް ނިންމަވާފައެވެ. އަދި ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ފަޟީލް ހުށަހަޅުއްވާފައިވާ ސިވިލް އެވިއޭޝަން އޮތޯރިޓީގެ ބިލުގެ އިބްތިދާޢީ ބަހުސް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ތާވަލުކޮށްފައެވެ.
މަޖިލީހުގެ މި ދައުރުގެ ތެރޭގައި 9 ބިލެއް ވަނީ ފާސްކޮށްފައެވެ. .އޭގެ ތެރޭގައި ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށް ގެނައި އިސްލާހުތަކާއި ގޭންގު ކުށްތައް ހުއްޓުވުމަށް ޤާނޫނުތަކަށް ގެނައި ބަދަލުތަކުގެ އިތުރުން އިމިޤްރޭޝަންގެ ޤާނޫނަށް ގެނައި އިސްލާހުތައް ހިމެނެއެވެ.
ހަމަ މިއާއެކު މިިއަހަރުގެ ފުރަތަމަ ދައުރުގައި މަޖިލީހަށް ހުށަހެޅުނު މައްސަލަތަކުގެ 77 އިންސައްތަ ނިންމާފައިވާ ކަމަށް މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ. 
މަޖިލީހުގެ ގަވާއިދުގައި ބުނާގޮތުން މިއަހަރުގެ ދެވަނަ ދައުރު ފެށޭނީ ޖޫން މަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ