އާދަޔާ ހިލާފަށް ރީޔި މި އަތޮޅަށް މިއަހަރުގެ މެއި މަހުގެ ނިޔަލަށް ގޮސްފައިވަނީ ޖުމްލަ 1,953 ޓޫރިސްޓުންނެވެ.
މި އަހަރުގެ މިދިޔަ މެއި މަހާ ހަމައަށް ބަލާއިރު ރާއްޖޭގައި އެންމެ މަދުން ޓޫރިސްޓުން ޗުއްޓީ ހޭދަކުރަނީ ތ. އަތޮޅުގައި ކަމަށް ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ރަސްމީ ހިސާބުތައް ދައްކާ ގޮތުން ތ. އަތޮޅަށް މި އަހަރުގެ މެއި މަހުގެ މިޔަލަށް ގޮސްފައިވަނީ އެންމެ 1,953 ޓޫރިސްޓުންނެވެ. އަދި މިދިޔަ މެއި މަހު އެ އަތޮޅުގައި ޗުއްޓީ ހޭދަކޮށްފައިވަނީ އެންމެ 179 ޓޫރިސްޓުންނެވެ.
މި އަތޮޅުގައި މިވަގުތު ހިންގާ އެންމެ ރިސޯޓެއްގައި ހުރީ 152 އެނދެވެ. އަދި ނުވަ ގެސްޓްހައުސްއެއްގައި 104 އެނދު ހުރިކަމަށް ދައްކަ އެވެ. މި އަތޮޅުގައި ހިންގާ ހަމައެކަނި ރިސޯޓަކީ ކޮސްމޯ މާލެފުށި އެކަންޏެވެ. މީގެ އިތުރުން އެހެން ރިސޯޓްތައް ތަރައްގީ ކުރަމުން ގެންދެ އެވެ.
ގުދުރަތީ ގޮތުން އާދަޔާ ހިލާފު ރީތިކަމެއް ލިބިފައިވާ ތ. އަތޮޅުގައި ޖުމްލަ 66 ރަށް އޮންނައިރު މީހުން ދިރިއުޅޭ 13 ރަށެއް އޮވެ އެވެ. މި އަތޮޅުގެ ޖުމުލަ އާބާދީއަކީ ގާތްގަނޑަކަށް 11،000 އެވެ. މި އަތޮޅުގައި ޑޮމެސްޓިކް އެއާޕޯޓު އޮންނަނީ ތ. ތިމަރަފުށީގަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
މިހާރު އެންމެ މަދުން ޓޫރިސްޓުން ދަނީ ތ. އަތޮޅަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ