ހިތްދަތިކަމުން އެންމެ ފަސޭހައިން އަރައިގަނެވޭނެ ގޮތް-

ގިނަ ބައަކަށް އެންމެ ބޮޑު ހިތްދަތިކަމެއް ލިބޭ ވަޤުތު އެނގޭ ހެއްޔެވެ؟ އެ ވަޤުތަކީ ލިބުނު ހިތްދަތިކަމުން އަރައިގަންނަން މަސައްކަތްކުރަމުން ގޮސް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބެންފަށާ ވަޤުތެވެ. 
އެއިރު ދެރަވެވޭނީ ތިމާއަށް ކުރެވުނު ކުށްތަކާއިމެދުގައެވެ. ނުވަތަ އިހްމާލްވެވުނު ކަންކަމާއިމެދުގައެވެ. ނުވަތަ އަނިޔާއަށް ކެތްތެރިވާން މަސައްކަތްކުރެވުނީތީއެވެ. ނުވަތަ ތިމާ އެހައި ބޮޑަށް ލޯބިދީ ނުވަތަ ހެޔޮކޮށް ހިތުމުންނަމަވެސް އެހައި ބޮޑު ހިތްދަތިކަމެއް ދިންސަބަބާއިމެދުގައެވެ. 
ކޮންމެއަކަސް މިފަދަ ކަންކަމަކީ އެކަން ކަމަށް ކިތަންމެ ގިނައިން ވިސްނިނަމަވެސް ފައިދާކުރާނެ ކަންކަމެއް ނޫނެވެ. ވީމާ އެކަންކަމަށް ނުވެސް ވިސްނާށެވެ! ވީވކަމެއްވެ ނިމިއްޖެކަން ޤަބޫލުކޮށްލައި މާދަމާއާއިމެދު ވިސްނާށެވެ! 
ތިމާއަށް ހީވެސް ނުކުރެވޭފަދަ ގޮތަކަށް ހިތްދަތިކަމެއް ލިބިއްޖެނަމަ ކޮންމެ މީހަކަށްވެސް ދެރަވެވޭނެއެވެ. އެއީ އިންސާނީ ޠަބީޢަތެވެ. ނަމަވެސް އެކަން ހަދަންވާނީ ހިނދުކޮޅެއްގެ ކަމަކަށެވެ. ގިނަވެގެން 2، 3 ދުވަހުގެ ތެރޭގައި ކަންބޮޑުވުންތަކާއި ދުރަށް ދާންވާނެއެވެ. 
ބައެއް ޙާލަތްތަކުގައި ކަންބޮޑުވުންތަކާއި އެކުގައި ދުރަށް ނުދެވިދާނެއެވެ. އެއީވެސް މައްސަލައެއް ނޫނެވެ. މަސައްކަތް ކުރަންވީ އެކަން ކޮނޑުޖަހައި ތިމާއަށް ނުއުފުލެވޭނެ ވަރުގެ ބުރައަކަށް ނުހެދުމަށެވެ. ގެންގުޅޭ އަތްދަބަހުގެ ޖީބަކަށް ލައިގެން ގެންގުޅެވޭވަރުގެ ކުޑަކުޑަ ކަމަކަށް ހަދާށެވެ. އެކަން ކުރެވޭނެއެވެ.  
ގިނަ ބައެއްގެ ތަޖުރިބާއިން ޔަޤީންކުރެވޭ ގޮތުގައި މިކަމަށް އޮތް އެންމެ ރަނގަޅު ޙާލަތަކީ މިފަހަރު ކުރިމަތިވީ ތަޖުރިބާއެއް ކަމަށް ބެލުމާއި ދެން ކުރިއަށް އޮތް ދުވަސްތަކުގައި މާއުފަލުގައި ދިރިއުޅެވޭނެކަން ޔަޤީންކުރުމެވެ. މާބޮޑެތި ހިތްދަތިކަން ލިބުނު މީހުންވެސް ފަހުން މާއުފަލުގައި އުޅެމުން އެބަގެންދާކަން ޔަޤީންކުރުމެވެ. އެކަން ޔަޤީންނުކުރަންވީ ކީއްވެގެން ހެއްޔެވެ؟ އެފަދަ ކަންކަން ކޮންމެ ދުވަހަކުވެސް އަންނަނީ ފެންނަމުންނެވެ.
 
 
- ތަޖުރިބާކާރު ޢިލްމުވެރިއެއްގެ ވާހަކަފުޅުން
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ