ލަންޑަން (ފެބްރުއަރީ 13) - ދުބާއީގައި ކުރިއަށްގެންދިޔަ ޓްރެއިނިންތަކުގެ ތެރެއިން، އާސެނަލްގެ ޖަރުމަނު ފޯވާޑް، ކައި ހަވާޓްޒް އަށް ލިބުނު އަނިޔާ ހީކުރި ވަރަށް ވުރެ ސީރިއަސްވެ، އޭނާ އަށް ސީޒަން ނިމުމުގެ ބިރު ހީވެއްޖެ އެވެ.
މީގެ އެއް އަހަރު ކުރިން ޗެލްސީ ދޫކޮށް، 65 މިލިއަން ޕައުންޑް (73 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީއެއްގައި އާސެނަލަށް ބަދަލުވި ހަވާޓްޒް އަންނަނީ މި ސީޒަނުގައި ޖުމްލަކޮށް ބަލާއިރު، އާސެނަލްގެ ގިނަ މެޗުތަކެއްގައި ކުޅެމުންނެވެ.
ރިޕޯޓްތައް ބުނާގޮތުން، ހަވާޓްޒް، 25، ގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ފުރަތަމަ ޓެސްޓަކުން އެނގިފައިވަނީ އޭނާ އޮޕަރޭޝަނެއް ކުރަން ޖެހޭނެ ކަމެވެ. އެކަމަކު، އާސެނަލުން ބޭނުންވަނީ، އިތުރު ޓެސްޓްތަކެއް ހެދުމަށް ފަހު، ކަންކަން ޔަގީންކުރުމަށެވެ.
އޮޕަރޭޝަނެއް ކުރަން ޖެހިއްޖެނަމަ، ހަވާޓްޒް އަށް ދެން މި ސީޒަން ތެރޭގައި ކުޅުމުގެ ތެރެއަށް އެނބުރި އާދެވޭނެ ކަމަށް ނުބެލެވެ އެވެ. އެހެންވެ، އާސެނަލުން އިތުރު ފޯވާޑެއް، މި ސީޒަނަށް ގެއްލެން ބޭނުންނުވާތީ، އަންނަނީ ހަވާޓްޒްގެ ގިނަ ޓެސްޓްތަކެއް ހަދަމުންނެވެ.
މި ވަގުތު އާސެނަލްގެ ބުކާޔޯ ސަކާ ފަލަމަސްގަނޑުގެ އަނިޔާ އަކަށް ފަހު، ރިކަވަރީގައި ހުރިއިރު، ކަކުލުގެ ސީރިއަސް އަނިޔާއެއްގެ ސަބަބުން، ގަބްރިއެލް ޖީސޫސް އަށް ވަނީ ސީޒަން ނިމިފަ އެެވެ.
އާސެނަލްގެ ހަވާޓްޒް އަށް ސީޒަން ނިމުމުގެ ބިރު އެބައޮތް އާސެނަލްގެ ހަވާޓްޒް އަށް ސީޒަން ނިމުމުގެ ބިރު އެބައޮތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ