ހަލީލް އާއި ޖައިންޝަންކަރު ބައްދަލު ކުރައްވައިފި

ރައިސިނާ ޑައިލޮގުގައި ބައިވެރިވެވަޑައިގަތުމަށް މިހާރު އިންޑިއާގެ ވެރިރަށް ނިއު ދިއްލީ އަށް ވަޑައިގެން އުޅުއްވާ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބުރަމާނިޔަމް ޖައިޝަންކަރުއާ މިއަދު ބައްދަލު ކުރައްވައިފި އެވެ.
ތަފްސީލް - ހަލީލް މިއަދު އެކްސްގައި ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ.
ތަރައްގީގެ ދާއިރާ އިން އިތުރަށް ގުޅުން ބަދަހި ކުރުމާ ގުޅޭ މަޝްވަރާތައް ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ވެސް ބުންޏެވެ.  
ޖައިޝަންކަރު އެކްސްގައި ވިދާޅުވީ ދެ ގައުމުގެ ގުޅުން ކުރިއަށް ގޮސްފައިވާ ހިސާބަށް ދެ ބޭފުޅުން އަލިއަޅުވާލެއްވި ކަމަށެވެ.
ރައިސިނާ ޑައިލޮގަކީ ބައިނަލްއަގްވާމީ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި އެކި ގައުމުތަކުގެ ބައިވެރިވުމާ އެކު 2016އިން ފެށިގެން އަހަރަކު އެއް ފަހަރު އިންޑިއާގެ ނިއު ދިއްލީގައި ބާއްވަމުން އަންނަ ކޮންފަރެންސެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ