ފަހަތުން އަރައި ބޯންމައުތު ބަލިކޮށް ސިޓީ އެފްއޭ ކަޕް ސެމީ އަށް ފަހަތުން އަރައި ބޯންމައުތު ބަލިކޮށް ސިޓީ އެފްއޭ ކަޕް ސެމީ އަށް

ލަންޑަން (މާޗް 31) - އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި ފަހަތުން އަރައި 2-1 އިން ބޯންމައުތު ބަލިކޮށް، މެންޗެސްޓާ ސިޓީން މުބާރާތުގެ ސެމީ ފައިނަަލަށް ދަތުރުކޮށްފި އެވެ.
މި ސީޒަނުގައި ތަށްޓެއް ހޯދުމުގެ ފުރުސަތު ސިޓީ އަށް އޮތީ އެފްއޭ ކަޕްގަ އެވެ. އެ ޓީމުން އެންމެ ފަހުން އެފްއޭ ކަޕް ކާމިޔާބުކުރީ 2023 ވަނަ އަހަރު އެވެ.
ވެމްބްލީ ސްޓޭޑިއަމްގައި ކުޅޭ ސެމީ ފައިނަލުގައި ސިޓީން ބައްދަލުކުރާނީ ނޮޓިންހަމް ފޮރެސްޓާ އެވެ. އަނެއް ސެމީ ފައިނަލުގައި ކްރިސްޓަލް ޕެލަސް އިން ނުކުންނާނީ އެސްޓަން ވިލާއާ ދެކޮަޅަށެވެ.
ބޯންމައުތު ދަނޑުގައި ކުޅުނު މެޗުގައި ރޭ އެ ޓީމުން ވަނީ ލީޑުނަގައިފަ އެވެ. އެ ގޮތުން، ޖަސްޓިން ކްލައިވަޓް ދިން ބޯޅައަކުން، ބޯންމައުތުގެ ގޯލު ޖެހީ އެވަނިލްސަން އެވެ. ބޯންމައުތުން ފުރަތަމަ ހާފު ނިންމާލީ މި ލަނޑާ އެކު، އެއް ގޯލުގެ ލީޑަކާ އެކު އެވެ.
ސިޓީން ނަތީޖާ އަނބުރާލީ ދެ ވަނަ ހާފުގައި ނުކުމެ، ދެ ގޯލު ޖަހައިގެންނެވެ. ސިޓީން އެއްވަރުކުރީ ދެ ވަނަ ހާފު ކުޅުން ފެށިގެން ހަތަރު މިނިޓް ތެރޭ އާލިން ބްރައުޓް ހާލަންޑް ޖެހި ގޯލުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ސިޓީ އަށް ލިބުނު ޕެނަލްޓީ އަކުން ހާލަންޑް ފޮނުވާލި ބޯޅަ، ބޯންމައުތުގެ ކީޕަރު، ކެޕާ އަރިއްޒަބަލާގާ ވަނީ މަތަކޮށްފަ އެވެ.
މެޗުގައި ސިޓީ އަށް ތަފާތު ދެއްކީ ބަދަލަކަށް ކުޅެން އެރި، 20 އަހަރުގެ ނިކޯ އޯރައިލީ އެވެ. ސިޓީން ޖެހި ދެ ގޯލަށް ވެސް ފުރުސަތު ތަނަވަސްކޮށްދިނީ، އޯރައިލީ އެވެ. ސިޓީ މޮޅުކޮށްދިން ގޯލު އޯރައިލީ ދިން ބޯޅައަކުން ޖެހީ އޮމަރު މާމޫޝް އެވެ. އޭނާ ކުޅެން ނުކުތީ ހާލަންޑަށް އަނިޔާވެގެން އޭނާގެ ބަދަލަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ