ސިކްސް ސެންސަސް ލާމު ރިސޯޓުގެ ޖެނެރަލް މެނޭޖަރު (ޖީއެމް) މާޓިން ވެން ވެލް އަށް އިއްޔެ ހަމަލާދީ ޒަހަމް ކޮށްލައިފި އެވެ.
ފުލުހުން ބުނީ މާޓިން ބައިސްކަލެއްގައި ދުއްވާފައި ދަނިކޮށް ހަމަލާދިނީ ފަހަތުން އައި މީހަކު ބޮލުގައި ޖަހައި މާރާމާރީ ހިންގައިގެން ކަމަށެވެ. އޭނާއަށް ހަމަލާދިނީ އެ ރިސޯޓުގަ އެވެ.
މާޓިންއަށް އަނިޔާވެގެން ލ. އަތޮޅު ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު، އޭނާ ވަނީ މިހާރު ދޫކޮށްލާފައި ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. ނަމަވެސް މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ސިކްސް ސެންސަސް ލާމުގެ ޖީއެމްއަށް ހަމަލާދީ ޒަހަމްކޮށްލައިފި ސިކްސް ސެންސަސް ލާމުގެ ޖީއެމްއަށް ހަމަލާދީ ޒަހަމްކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ