ރާއްޖޭގެ ވެރިކަމަށް ކުރިމަތިލެވޭ އުމުރު ބަދަލު ކުރަން ނުވިސްނަވާ ކަމަށާއި، އެކަން ކުރުމުގެ ބޭނުމެއް ނެތް ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގެ އިއްޔެ ބޭއްވި 15 ގަޑިއިރުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް މިހެން ވިދާޅުވީ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރަޖިސްޓްރީ ނުކޮށް ހިންގާ ”ދިޔަވަރު“ ކިޔާ ވެބްސައިޓެއްގައި ވަނީ، ރާއްޖޭގެ ރައީސްކަމަށް ކުރިމަތިލެވޭ އެންމެ މަތީ އުމުރަކީ 65 އަހަރުކަމަށް ގާނޫނަކުން ކަނޑައެޅުމަށް ރައީސް މުއިއްޒު ނިންމަވައިފައިވާ ކަމަށް ޚަބަރު ފަތުރައިފައެވެ.
ވަކި އުމުރަކަށްވުރެ މަތިވުމުން، ވެރިކަމަށް ވާދަ ނުކުރެއްވޭ ގޮތް ހެދުމަށް ގާނޫނަށް ބަދަލު ގެންނަވަން ވިސްނަވަންތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން ރައީސް ވަނީ އެފަދަ ވިސްނުންފުޅެއް ނުގެންގުޅުއްވާ ކަމަށް ވިދާޅުވެ، އެކަން ކުރަންވީ ކީއްވެގެންތޯ ވެސް އައްސަވައިފައެވެ.
އެމެރިކާގެ ރައީސް އަކީ ވެސް އުމުރުން ދުވަސްވީ ފަރާތެއްކަމަށާއި، އެހެންނަމަވެސް ސިއްހަތު ރަނގަޅަށް ހުރިކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އުމުރަކީ 78 އެވެ.
އުމުރުން 65 އަހަރަށްވުރެ މަތި ވުމުން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިނުލެވޭ ގޮތަށް ގާނޫނު އަސާސީ އަށް ގެނައި އިސްލާހު ބާތިލު ކުރީ 19 ވަނަ ރައްޔިތުންގެ މަޖިލީހުންނެވެ. 65 އަހަރު ވުމުން ވެރިކަމަށް ވާދަ ނުކުރެވޭނެ ގޮތް ހެދީ، ޕީޕީއެމްގެ ކުރީ ސަރުކާރުންނެވެ.
”އުމުރު މަތިވުމުން ވެރިކަމަށް ކުރިމަތިނުލެވޭ ގޮތް ހަދާކަށް ނޫޅެން، އެއީ ކީއްކުރަން ކުރާ ކަމެއްތޯ؟“
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ