ގިނަ އަންހެނުންނަށްވެސް އަދި ފިރިހެނުންނަށްވެސް ވިސްނިފައި އޮންނަނީ ތިމާ އާއި ކައިވެނިކުރަން ބޭނުންވެގެން ގިނަ ބައަކު ތިމާގެ ވަށައިގެން އެނބުރޭނަމަ، ނުވަތަ މުގޯލިއަޅާނަމަ ތިމާއަކީ ވަރަށް އަގުހުރި މީހަކު ކަމަށެވެ. ނަމަވެސް މިއީ ކުރެވޭ ވަރަށް ބޮޑު ކުށްހީއެކެވެ. މުޅިން ގޯސް ވިސްނުމެކެވެ.
ތިބާގެ އަގުހުރިވަރު ބަލަން ބޭނުންވާނަމަ ތިބާގެ ވަށައިގެން ތިއަ އެނބުރޭ މީހުންގެ ފެންވަރަށް ބަލާށެވެ! އެމީހުންގެ އަޚްލާޤަށް ބަލާށެވެ! އެދެކަންތަކުގައި ބުރަދަނެއް ނެތް 100 މީހުން ނުވަތަ 1000 މީހުން ތިބާގެ ވަށައިގެން އެނބުރުނިއްޔާ އެކަމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟
ބުނަން ހެއްޔެވެ؟ ރީތިވެއްޖިއްޔާ ތަޖުރިބާ ކޮށްލަން އެންމެންވެސް ބޭނުންވާނެއެވެ. ތަނަވަސްކަން ހުރިނަމަ އެންމެންވެސް ތިބާގެ ތަނަވަސްކަމުން ލިބިގަންނަން ބޭނުންވާނެއެވެ. އަދި ތިބާގެ ވަޒީފާގެ ސަބަބުން އެހެން މީހުންނަށް މަންފާއެއް ކުރާނެނަމަ އެކަން ލިބިގަންނަންވެސް ކިތަންމެ ގިނަ ބައަކުވެސް ބޭނުންވާނެއެވެ. ނަމަވެސް އެއިގެ މާނައަކީ ތިބާގެ މުހިންމު ވުމެއް ނޫނެވެ. ތިބާގެ ކިބައިން ފައިދާ ހޯދަން ބޭނުންވުމެވެ.
މިކަންކަން އޮޅި، ތިމާގެވަށައިގެން ގިނަބައަކު އެނބުރޭނަމަ އެއީ ތިމާގެ މޮޅުކަންކަމަށް ވިސްނި ތިމާ އާއި ގުޅެން ބޭނުންވާ ރަނގަޅު މީހުން އެބަ ދޫކޮށްލެވެއެވެ. އެއީ މީހަކަށް ކުރެވޭނެ އެންމެ ބޮޑު އެއް ކުށެވެ. ޙަޔާތަށް އިޚްތިޔާރުކުރަންވާނީ ތިބާގެ ކިބައިން މިބަޔާންކުރި ފަދަ ކަމަކަށް ބޭނުން ނުވާ ތިބާގެ މަސްގަނޑު ދެކެ ލޯބިވާ މީހެކެވެ. ކާމިޔާބު ދިރިއުޅުމެއް ދިރިއުޅެވޭނީ އެއިރުންނެވެ.
މަޢުލުމާތު: ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅުން
ޙަޔާތަށް ބައިވެރިއަކު އިޚްތިޔާރުކުރާއިރު ވިސްނާލުން މުހިންމު ބައެއް ކަންކަން-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ