އަހަރެމެން މުސްލިމުން އެންމެ ބޮޑަށް ވެގެން މިއުޅެނީ ސުވަރުގެ ލިބުމެވެ. ﷲ ތަޢާލާ އަންގަވާފައިވަނީ ކޮންމެ ކަމަކަށް ބޭނުންވި ނަމަވެސް އެކަމަކަށް އެދި އެކަލާނގެ ޙަޟްރަތުގައި ދުޢާކުރުމަށެވެ. ވީމާ ކޮންމެ ދުވަހަކު މިފަދައިން 3 ފަހަރު ދުޢާކޮށް ތިމާއަށް ސުވަރުގެ ދެއްވެވުން އެދި ދަންނަވަމުން ގެންދާށެވެ!
މިފަދައިން ދުޢާކުރުމަކީ ހަމައެންމެ ދުވަހަކު ކޮށްފައި ނިންމައިލަން އޮތް ކަމެއް ނޫނެވެ. ކޮންމެ ދުވަހަކު ކުރަމުން ގެންދަންވީ ކަމެކެވެ. ދުނިޔޭގައި ހުރި ހުރިހާ ދުވަހަކުއެވެ. ކޮންމެ ދުވަހަކު ކުރަމުން ގެންދާނަމަ ކޮންމެވެސް ދުވަސްތަކެއްގައި ކުރެވޭ ދުޢާ ޢިޖާބަ ކުރައްވަވާނެތެވެ! އިން ޝާ ﷲ
ދުޢާ:
اللهم اني اسالك الجنة
މީސްތަކުންނޭވެ! ސުވަރުގެއަކީ ﷲ ތަޢާލާގެ މިލްކުފުޅުގައިވާ ތަނެކެވެ. އެތަނަށް ވައްދަވާނެ މީހުން ކަނޑއަޅުއްވަވާނީ ﷲ ތަޢާލާއެވެ. އެކަލާނގެ ހެޔޮ ރަޙްމަތްފުޅުންނެވެ. ދީލަތިވަންތަކަމުންނެވެ.
އަހަރެމެން ކިތަންމެ ގިނަ ހެޔޮ ޢަމަލެއް ކުރިކަމުގައިވިނަމަވެސް ސުވަރުގެ ވައްދަވާނީ އެކަލާނގެ އިރާދަކުރެއްވެވި މީހެކެވެ. އެކަލާނގެ ދީލަތިވަންތަކަމާ ހެޔޮ ރަޙްމަތްފުޅުންނެވެ. ޔަޤީންކުރަންވީ އިޚްލާޞްތެރިކަމާއިއެކު ސުވަރުގެ އެދިގެން މަސައްކަތްކުރުމުން ސުވަރުގެ ވައްދަވާނެ ކަމެވެ.
އަހަރެމެން ހެޔޮ އަމަލުކުރި ނަމަވެސް އެޢަމަލު ޤަބޫލުފުޅު ކުރެއްވެވުން ވަނީ ﷲ ތަޢާލާއަށެވެ! ވީމާ ކުރާ ކޮންމެ ހެޔޮ އަމަލެއްވެސް ވީހައި ފަރުވާތެރިކަމާއެކު ވީހައި ބޮޑަށް ސަމާލުކަންދީގެން ކުރަން މަސައްކަތްކުރާށެވެ! ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި ސުވަރުގެ ވައްދަވާ އަޅުންގެތެރޭގައި ހިމެނޭނީ އެއިރުންނެވެ.
--މުފްތީ މެންކްގެ ދަރުސަކުން
ހަނދުމަކޮށްދިނުމެއް! ސުވަރުގެ ދެއްވެވުން އެދި ކޮންމެ ދުވަހަކު ގިނަގިނައިން ކުރަން އޮތް ދުޢާއެއް! ކުރުނަމަވެސް ފައިޑާހުރި ދުޢާއެއް!: މުފްތީ މެންކް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ