ދިވެހި ހުރިހާ ހައްޖުވެރިން ރާއްޖެ އަތުވެއްޖެ

ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިިން ފަހު ގްރޫޕް މިއަދު ރާއްޖެއަށް އެނބުރި އަތުވެއްޖެ އެވެ.މިއަހަރު 1000 ފަރާތެއް ޙައްޖުގެ އަޅުކަން އަދާކުރިއިރު، މީގެ ތެރޭގައި ސަރުކާރުގެ އެހީގައި ހައްޖަށް ގެންދިޔަ، އަމިއްލައަށް ޙައްޖަށް ދިއުމުގެ ކެރިފޯރުންތެރިކަން ލިބިފައިނުވާ 50 މީހުންވެސް ހިމެނެއެވެ. މި ހުރިހާ ކޯޓާއެއްވެސް ދޫކޮށްފައިވަނީ، ހައްޖު ކޯޕަރޭޝަނަށެވެ. އަޅުކަމަށް ފަހު, ހައްޖާޖީންގެ ފުރަތަމަ ގުރޫޕް ރާއްޖެ އައީ މިދިޔަ ހުކުރު ދުވަހު އެވެ. ދެވަނަ ގްރޫޕް ހޮނިހިރު ދުވަހު ރާއްޖެ އައިއިރު، ތިންވަނަ ގްރޫޕް އައީ މިދިޔަ ހޯމަ ދުވަހެވެ. އަދި ހައްޖާޖީންގެ ފަހު ގްރޫޕް ރާއްޖެ އައިސްފައި ވަނީ ރޭގެ ވަގުތެއްގަ އެވެ.މި އަހަރަކީ އެހެން އަހަރުތަކާ ހިލާފަށް ދިވެހި ހައްޖުވެރިންނަށް ލުއި އަހަރެކެވެ. އެގޮތުން ހައްޖުވެރިން މުޅިން އަލަށް މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ދަތުރުކުރިއިރު، އެއާޕޯޓްގައި ގިނައިރު މަޑުނުކޮށް ފްލައިޓުން ފައިބާ ގޮތަށް މައްކާއަށް އެތެރެވުމުގެ ފުރުސަތު ލިބިގެން ދިޔައެވެ.ހައްޖުގެ އަޅުކަމަށް ފަހު އަންނަ މީހުންގެ ތެރެއިން ހުމާއި ރޯގާގެ އަލާމާތްތައް ފެންނަ މީހުންނަށް ހާއްސަ ފްލޫ ކްލިނިކުތަކެއް އައިޖީއެމްއެޗު،ހުޅުމާލޭ ހޮސްޕިޓަލް އަދި ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވަނީ ގާއިމްކޮށްފަ އެވެ. އެޗްޕީއޭއިން ވަނީ ޙައްޖުވެރިން ރާއްޖެ އަންނައިރު، އަރިދަފުސް ރޯގާ ޖެހި، ކެއްސައި ކިނބިހިއަޅާއިރު އަނގަމައްޗާއި ނޭފަތް ކުޑަރުމާލެއް ނުވަތަ ޓިޝޫފަދަ އެއްޗަކުން ނިވާކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ކެއްސާއި ކިނބިހި އަޅާނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަށްވެސް ވަނީ އިލްތިމާސްކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ