އަންހެނުންގެ ދައުރު ފާހަގަކޮށް، އައިކެއަރއިން 'ދިޔެ، ކެރޭ ހީވާގި އަންހެނުން' ކެމްޕެއިން

އަންހެނުންގެ ދުވަހަށް ޚާއްސަކޮށް، އައިކެއަރއިން "ދިޔެ ކެރޭ ހީވާގި އަންހެނުން"ގެ ނަމުގައި ކެންޕެއިނެއް ފަށައިފިއެވެ. މި އަހަރުގެ އަންހެނުން ދުވަސް އައީ ރޯދަމަހުގައި ކަމަށްވާއިރު، މިއީ ކެތްތެރިކަމާއި ދީލަތިކަމުގެ މަހެކެވެ. މި ދުވަސްތަކަކީ، ކޮންމެ ދުވަހަކު ވެސް އާއިލާއާއި މަސައްކަތުގެ މާހައުލާއި މުޅި މުޖުތަމައުގައި ވެސް މުހިންމު ދައުރެއް އަދާ ކުރާ އަންހެނުންގެ ޚިދުމަތް ފާހަގަވާ ދުވަސްތަކެކެވެ. ކޮންމެ އަންހެނަކީ ވެސް އާންމު ގޮތެއްގައި އެއް ފަހަރާ ގިނަ ޒިންމާތަކެއް އަދާ ކުރާ މީހެކެވެ. އެއީ ވަޒީފާއަށް ދަމުން ދަރިންގެ ކަންތައްތައް ބަލަހައްޓާ މައިންނެވެ. މަތީ ތައުލީމު ހާސިލުކުކުރަމުން އާއިލާގެ މެންބަރުންނަށް އަޅާލާ ޒިންމާދާރު ދަރީންނެވެ. View this post on Instagram A post shared by EyeCare Opticals (@eyecareopticalsmv) އެހެންވެ، އައިކެއަރއިން ފެށި 'ދިޔެ، ކެރޭ ހީވާގި އަންހެނުން' ކެމްޕެއިންގެ މަގުސަދަކީ މި ރޯދަމަހާ ގުޅުވައި، މުޖުތަމައުގައި އަންހެނުންގެ ދައުރު ފާހަގަކުރުމެވެ. މި ކެންޕެއިންގެ ތެރެއިން އެކި ހަރަކާތްތަކެއް ހިންގުމަށް އައިކެއަރއިން ވަނީ ރާވައިފައެވެ. އޭގެ ތެރޭގައި އަންހެނުން ދުވަހުން ދުވަހަށް ކުރާ ބުރަ މަސައްކަތްތައް ދައްކުވައިދޭ އަސަރުގަދަ ޓީވީ އިޝްތިހާރެއް ވަނީ ދައްކާލާފައިއެވެ. ހަމައެއާއެކު، އަންހެނުންގެ ބާރުވެރިކަން އިތުރުކޮށް ވިޔަފާރީގެ މައިދާނުގައި އަންހެނުން އިތުރު ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން، އަންހެނުން ހިންގާ ވިޔަފާރިތަކާ ގުޅިގެން، އައިކެއަރގެ ފޭސްބުކާއި އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށް އެ ތަކެތީގެ 'ގިވްއަވޭ' އެއްވެސް ވަނީ ބާއްވާފައިއެވެ. އައިކެއާ އިން މައުލާމާތު ލިބޭ ގޮތުގައި ކޮންމެ ގިވްއަވޭ އަކުން 2 ނަސީބުވެރިން ހޮވޭނެ ކަމަށެވެ. އެއީ ފޭސްބުކުން އެކަކު، އަދި އިންސްޓަގްރާމުން އެކަކެވެ. މީގެ އިތުރުން، މުޖުތަމައުގައި އެންމެ ބޮޑަށް އެހީ ބޭނުންވެފައިވާ އަންހެނުންނާއި އާއިލާތަކަށް ސީދާ ގޮތެއްގައި އެހީ ފޯރުކޮށްދިނުމުގެ ގޮތުން އައިކެއަރއިން ވަނީ މަމްސް އެއިޑް ޖަމިއްޔާއަށް އެހީދީފައެވެ. އަދި މަމްސް އެއިޑްއިން އާއިލާތަކަށް ފޯރުކޮށްދޭ އެހީގެ ޕެކްތައް ތައްޔާރުކުރުމުގައި އައިކެއަރގެ މުވައްޒަފުން ވަނީ އެހީތެރިވެދީފައިވެއެވެ. އައިކެއަރގެ މުވައްޒަފުން ވަނީ މަމްސް އެއިޑްގެ އެހީގެ ޕެކްތައް ތައްޔާރުކުރުމުގައި އެހީ ފޯރުކޮށްދީފައި -- ފޮޓޯ/ އައިކެއަރ އައިކެއަރއިން ދޭން ބޭނުންވާ މެސެޖަކީ އަންހެނުންނަށް ތައުރީފު ހައްގުވަނީ ހަމައެކަނި ވަރަށް އާދަޔާ ޚިލާފު ކާމިޔާބީއެއް ހޯދުމުން ނޫން ކަމެވެ. އަންހެނުން ކޮންމެ ދުވަހަކު ވަރުބަލިކަމެއް ނެތި، ނުވަތަ ވަރުބަލި ކަމާއެކު ވެސް އާއިލާއަށް ޓަކައި ކުރާ މަސައްކަތަށް ތައުރީފު ހައްގެވެ. މި ކެމްޕެއިންގެ ނަމުގެ ކުރިއަށް އޮތް 'ދިޔެ'އަކީ، އާންމުކޮށް ދެކުނުގައި އަންހެން ދަރީންނަށް ގޮވައި އުޅޭ ގޮތެކެވެ. މި ކެމްޕެއިން އެ ބަސް ބޭނުންކޮށް މި ދައްކުވައިދެނީ ލޯތްބާއެކު އަންހެނުންނާ މުޚާތިބުކޮށް، ހިތްވަރުދޭ ކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ