މިރޭ އަލިފާނުގެ ހާދިސާ ހިނގީ އޭސީއެއްގެ އައުޓް ޑޯ ޔުނިޓްގައި ރޯވެގެން ކަމަަށް ސިފައިން ބުނެފި އެވެ.
އަލިފާނުގެ ހާދިސާ ހިނގީ މާފަންނުގައި ހުރި ޓްރެވަލް އެޖެންސީއެއްގަ އެވެ.
އެމްއެންޑީއެފުން ބުނީ މާފަންނު ގައި ހުރި ޓްރެވަލް އެޖެންސީ އަކުން ދުންއަރާތީ ރިޕޯޓެއް ލިބިގެން ފަޔާ އެންޑް ރެސްކިއު އިން ހަރަކާތްތެރިވެފައިވާ ކަމަށެވެ.
Advertisement
އަލިފާން ރޯވެފައި ހުރީ އޭސީއެއްގެ އައުޓްޑޯ ޔުނިޓްގައި ކަމަށާ ސިފައިން ދިޔައިރުވެސް އަލިފާން ނިއްވާލާފައިވާ ކަމަަށެވެ.
އަދި ދުން ބޭރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުންޏެވެ.
އަލިފާން ރޯވީ އޭސީގެ އިންޑޯ ޔުނިޓެއްގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ