ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް އައު އިންޖީނެއް ބާރަށަށް ފޮނުވައިފި

ހއ. ބާރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅުކޮށް ކެޕޭސިޓީ އިތުރުކުރުމަށްޓަކައި ފެނަކަ ކޯޕަރޭޝަނުން އެރަށަށް އައު އިންޖީނެއް ފޮނުވައިފިއެވެ.
އެ ކުންފުނިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މިއީ ދެމެހެއްޓެނެވި ގޮތެއްގައި ރާއްޖޭގެ ހުރިހާ ރަށަކަށް ކަރަންޓް ހިދުމަތް ދިނުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު މަސައްކަތެއް ކަމަށެވެ. 
ފެނަކައިން ހއ. ބާރަށަށް ފޮނުވާފައިވަނީ 600 ކވ ގެ އިންޖީނެކެވެ. 
ރަށްތަކަށް މެދުނުކެނޑި ކަރަންޓު ފޯރުކޮށްދިނުމަށް ފެނަކައިން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މި މަހުގެ 16 ވަނަ ދުވަހު ވަނީ ބ. ކެންދުއަށް ވެސް އައު ޖަނަރޭޓަރު ސެޓެއް ފޮނުވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ