ނޫސްވެރިކަމުގެ މިނިވަންކަމުގައި ގައުމު ފަހަތައް ސޮއްސާލުމަކީ ހިތާމަހުރި ކަމެއް: ގާސިމް

ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ވިދި ވިދިގެން ދެ އަހަރު ރާއްޖެ ފަހަތަށް ސޮއްސާލުމަކީ ހިތާމަ ހުރި ކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަން ކަމުގެ ދުވަހުގެ ތަހުނިޔާ ނޫސްވެރިންނަށް ފޮނުއްވަމުން ގާސިމް އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވަކި އަތަކަށް ނުޖެހި އިންސާފުވެރިކަމާ އެކު ރައްޔިތުންނަށް ހަބަރާ މައުލޫމާތު ގެނެސްދޭނެ ނޫސްވެރިކަމަކީ ޑިމޮކްރަސީއެއްގައި ހަތަރު ބާރު ކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން ކަމަށެވެ.
މިއާއެކު ގާސިމް ވިދާޅުވީ އިންސާނީ ކަރާމަތް ދަމަހައްޓައި ތެދުވެރިކަމާ އެކު ހަގީގަތް ހާމަކުރުމުގައި ނޫސްވެރިން އަދާ ކުރަން ޖެހޭ ދައުރު ވެރިކަމުގެ ފަރާތުން ހަނިކޮށް ދަތިކޮށްގެން ނުވާނެ ކަމަށެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދަރަޖައިން ރާއްޖެ ދަށަށް ގޮސްފައިވާތީ އެކަން ފާހަގަކުރައްވައި އެއީ ހިތާމަ ހުރި ކަމެއް ކަމަށް ގާސިމް ވިދާޅުވި އެވެ. 
Advertisement
"ދުނިޔޭގެ ނިސްބަތުން ނޫސްވެރިކަމުގެ މިނިވަންކަމުގެ ދަރަޖަ އިން ޖެހި ޖެހިގެން ފަހަތަށް މި ގައުމު ސޮއްސާލައި ކަމީ ހިތާމަ ހުރި ކަމެކެވެ،" ގާސިމް ވިދާޅުވިއެވެ.
ރިޕޯޓާޒް ވިތައުޓް ބޯޑާސް، (އާރުއެސްއެފް)އިން އަހަރަކު އެއް ފަހަރު ނެރޭ ވޯލްޑް ޕްރެސް ފްރީޑޮމް އިންޑެކްސް ނުވަތަ ނޫސްވެރިކަމުގެ ހާލަތު ދަރަޖަ ކުރާ އިންޑެކްސްގައި ރާއްޖެ 13 ދަރަޖަ ފަހަތަށް ވެއްޓި މިހާރު ވަނީ 100 ވަނައިގައި ހިމެނިފައެވެ. 
ކޮންމެ އަހަރަކުވެސް ފާހަގަކުރާ ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް، މޭ 3ގައި އާންމު ކުރާ ވޯލްޑް ޕްރެސް ފްރީޑޮމް އިންޑެސްގައި މިދިޔަ 2022 ވަނަ އަހަރު ރާއްޖެ އޮތީ 87 ވަނައިގަ އެވެ. އެހެން ނަމަވެސް މިއަދު އާންމުކުރި ޕްރެސް ފްރީޑޮމް އިންޑެކްސްގައި ރާއްޖޭގެ ދަރަޖަ ވަނީ 100 ވަނައަށް ވެއްޓިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ