ކުރިއަށްމިދާ އޭޕްރީލް މަހާއި އަންނަ މެއި މަހަކީ ރާއްޖެއަށް އެންމެ ހޫނު ގަދަވާނެ ދުވަސްތައްކަމަށް ކަމާއި ބެހޭ އިދާރާތަކުން ލަފަކޮށްފައިވާތީ ކަރަންޓް އިގްތިސާދުކުރުމަށް މާލެ ސަރަހައްދުގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ މައި ކުންފުނި ސްޓެލްކޯއިން އެދިއްޖެއެވެ.
ސްޓެލްކޯއިން ބުނީ ރާއްޖެއަށް އެންމެ ހޫނު ގަދަވާނެކަމަށް ލަފާކުރެވޭ މި ދުވަސްތައް ރޯދަމަހާއި ދިމާވުމުން ކަރަންޓް ބޭނުންކުރާ މިންވަރުވެސް އިތުރުވެފައިވާކަމަށެވެ.
ސްޓެލްކޯގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެހެންދުވަސްވަރުތަކާއި ހިލާފަށް މި ދުވަސްވަރު ޖައްވު ހޫނުވުމުގެ ސަބަބުން ރޭގަނޑުގެ ވަގުތުތަކުގައިވެސް ކަރަންޓް އުފައްދަންޖެހޭ މިންވަރު ވަނީ އިތުރުވެފައެވެ.
އެހެންކަމަށްވުމާއިއެކު ކަރަންޓް ބޭނުންކުރުމުގައި ސަމާލުވެ ކަރަންޓް އިގްތިސާދުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ސްޓެލްކޯއިންވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.
ކޮންމެ ހޫނު މޫސުމެއްގައިވެސް ސްޓެލްކޯގެ ކަަރަންޓު ބިލު ބޮޑުވާ މައްސަލަ އަންނަނީ ފެންމަތިވަމުންނެވެ. މި އަހަރުވެސް ހޫނުގަދަ ދުވަސްވަރާއި ރޯދަމަސް ދިމާވާތީ ކަރަންޓު ބިލު އިތުރަށް ބޮޑުވުން އެކަށީގެންވެއެވެ.
އާއްމު ރައްޔިތުން މިކަމަށް ވިސްނައި ކަރަންޓު އިގުތިސާދުކޮށްފިނަމަ 15 އިންސައްތައާއި 20 އިންސައްތައަށް ކަރަންޓު ބިލު ކުޑަކުރެވޭނެކަމަށް ކަމާއިބެހޭ އިދާރާތަކުން ލަފާކުރެއެވެ.
ހޫނު ގަދަވާތީ ކަރަންޓް އިގްތިސާދުކުރަން ސްޓެލްކޯއިން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ