މިދުވަސްވަރަކީ ހޫނު ގަދަ ދުވަސްވަރެއްކަމަށް ވުމާއެކު، ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެ، މާލެ ސަރަހައްދުގެ %75 ގޭބީސީގެ ކަރަންޓު ބިލު ކުރީ މަހަށްވުރެ ބޮޑުވާނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ. ކޮންމެ އަހަރަކުވެސް ރާއްޖެއަށް އެންމެ ހޫނުގަދަ ވަނީ ފެބްރުއަރީމަހުން ފެށިިގެން ޖޫންމަހާ ދެމެދުއެވެ.
މިދުވަސްވަރު ހޫނު ގަދަވުމުގެ ސަބަބުން، ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާނެތީ، އެކަމާއި ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމެއްގައި ސްޓެލްކޯއިން ބުނީ ކޮންމެ އަހަރެއްގައިވެސް މި ދުވަސްވަރަކީ އެހެން މަސްތަކާއި ޚިލާފަށް ކަރަންޓު ކަރަންޓު ބޭނުންކުރާ މިންވަރު އިތުރު ދުވަސްވަރެއްކަމަށެވެ. އަދި މިދުވަސްވަރު ކަރަނޓު ބިލު ބޮޑުވުމުގެ ޝަކުވާވެސް އެކުންފުންޏަށް ލިބެކަމަށް ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޮއިން ބުނީ މި ހިނގާ އޭޕްރީލްމަހު މާލެ ސަރަހައްދުގެ %75 ގޭބީސީތަކުގެ ކަރަންޓު ބިލު، އެހެން މަސްތަކަށްވުރެ ބޮޑުވާނެކަމަށެވެ. އެގޮތުން އެވްރެޖުކޮށް 500އެއްހާ ރުފިޔާ ބޮޑުވާކަން ސްޓެލްކޯއިން ފާހަގަކުރިއެވެ.
ސްޓެލްކޯއިން ބުނީ ހޫނު މޫސުމާ ގުޅިގެން ރެކޯޑު ޢަދަދަކަށް މިދުވަސްވަރު ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އެހެންކަމުން އެކުންފުނިން ރައްޔިތުންނަށް ދެމުން އަންނަ ކަރަންޓްގެ ޚިދުމަތްތައް މެދުކެނޑުނަނުދިނުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދަނާކުރަން މަސައްކަތް ކުރަމުން އަންނަކަމަށް ސްޓެލްކޯއިން ބުންޏެވެ. އަދި މިކަން ކަށަވަރުކުރުމަށް ޚާއްޞަ ޓީމެއް އެކުލަވާލައި، އެޓީމުގެ މަސައްކަތްތައް ފަށާފައިވާކަމަށްވެސް އެކުންފުނިން ބުނެއެވެ.
މިދުވަސްވަރަކީ ހޫނު ދުވަސްވަރެއްގެ އިރުރުން ރަމަޟާން މަހާއި ދިމާވުމުންވެސް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވިކަމަށް ސްޓެލްކޯއިން ބުންޏެވެ. އެހެންކަމުން އެކުންފުނިންވަނީ ކަރަންޓު އިޤްތިޞާދު ކުރުމަށް އިލްތިމާސްކޮށްފައެވެ.
ރާއްޖޭގެ މޫސުމަށް ބަލާއިރު ޢާއްމުގޮތެއްގައި އޭޕްރީލް މަހަކީ ހޫނު ގަދަވާ ދުވަސްވަރެކެވެ. އެހެންނަމަވެސް ފާއިތުވެދިޔަ އަހަރުތަކަށްވުރެ މިމަހު ވަނީ ހޫނުވި މިންވަރު އިތުރުވެފައެވެ. މިހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން ހޫނު މޫސުން ބަދަލުވެ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ މިހާރު ލަފާކުރައްވާފައެވެ.
ރާއްޖޭގެ މޫސުމަށް ބަލާއިރު ޢާއްމުގޮތެއްގައި އޭޕްރީލް މަހަކީ ހޫނު ގަދަވާ ދުވަސްވަރެކެވެ. އެހެންނަމަވެސް ފާއިތުވެދިޔަ އަހަރުތަކަށްވުރެ މިމަހު ވަނީ ހޫނުވި މިންވަރު އިތުރުވެފައެވެ.
މިދުވަސްކޮޅު ހޫނު ގަދަވިނަމަވެސް ހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން ހޫނު މޫސުން ބަދަލުވެ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ މިހާރު ލަފާކުރައްވާފައެވެ.
މާލެ ސަރަޙައްދުގެ %75 ގޭބީސީގެ ކަރަންޓު ބިލު މިމަހު ބޮޑުވާނެ: ސްޓެލްކޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ