ފައިސާ ގެއްލެނީ މީހުންގެ ފަރުވާކުޑަކަމުން، ބޭންކުގެ މައްސަލައެއް ނެތް: މަވޯޓާ

އެކައުންޓުތަކުން ފައިސާ ގެއްލެނީ ބޭންކުގެ ސަބަބުން ކަމަށް ދައްކައި ބަޔަކު އުޅެނީ ބީއެމްއެލްގެ އިތުބާރު ގެއްލުވާލަން ކަމަށް ވިދާޅުވެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ނުރުހުން ފާޅުކުރައްވައިފި އެވެ.
އަދި އޭނާއަކީ ބީއެމްއެލް ހުޅުވީއްސުރެ ބޭންކު ކުރަމުން އަންނަ ކަސްޓަމަރެއް ކަމަށާއި، މިހާރުވެސް ހަ އެކައުންޓު ބީއެމްއެލްގައި ހުރި އިރު، އެނގުމަކާ ނުލައި ބައި ރުފިޔާއެއްވެސް ނުކެނޑޭ ކަމަށް ވިދާޅުވެ މަވޯޓާ ތަކުރާރު ކުރެއްވީ ފައިސާ ގެއްލެނީ ކޮމްޕްރޮމައިޒްވާ ވެބްސައިޓުތަކަށް ވަންނަ މީހުންގެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ