މެމްބަރު އަމީތު ހައްޔަރުކޮށް ސުވާލު ކުރުމަށްފަހު ދޫކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ހައްޔަރުކޮށް ސުވާލު ކުރުމަށްފަހު ދޫކޮށްލައިފިއެވެ. މެމްބަރު އަމީތު ސައިކަލްގައި ވަޑައިގަންނަވަނިކޮށް މަޑުކުރުމަށްފަހު ހައްޔަރުކޮށްފައި ވަނީ މިއަދު 12:00 އެހައިކަންހާއިރުއެވެ. ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއީލް އަލީ ސަން އަށް ވިދާޅުވީ ޓްރެފިކް މައްސަލައަކާ ގުޅިގެން ސުވާލު ކުރުމަށްފަހު އޭނާ ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް އަމީތުއާ ސުވާލުކުރީ ޓްރެފިކްގެ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އިސްމާއީލް ވިދާޅެއް ނުވެއެވެ. މިކަމާ ބެހޭގޮތުން މެމްބަރު އަމީތުގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ