ނާލާފުއްޓަށް 25 އަހަރުވީ ގެދަބުޅި އިންޖީނުގޭގެ ބަދަލުގައި ޒަމާނީ އިންޖީނުގެ އެއް

މ. ނާލާފުށީގައި 25 އަހަރު ވަންދެން ގެދަބުޅި އަރުވަމުންދިޔަ އިންޖީނުގެ ނިއްވާލައި، ޒަމާނީ އިންޖީނުގެއެއްގެ ހިދުމަތް ދޭން ފަށައިފި އެވެ.
އެ އިންޖީނުގެ ހުޅުވައިދެއްވީ އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ނާލާފުށީގެ މީހުން ދިރިއުޅޭ ހިސާބުގައި ހުރި ބާ އިންޖީނުގެއަކީ އޮފީހެއް ނެތް، 150 އަކަފޫޓުގެ އިންޖީނުގެއެކެވެ. އެތަނުގައި ކުރިން އެކަމަޑޭޓް ކުރެވުނީ އެންމެ ތިން މުވައްޒަފުންނެވެ. އަދި އެތަނުގައި ކުރިން ހުރި ތިން އިންޖީނުގޭގެ ޖުމުލަ ކެޕޭސިޓީއަކީ 288 ކިލޮވޮޓެވެ.
މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި ހަދައި މިއަދު ހުޅުވި އިމާރާތަކީ32×33  ފޫޓުގެ އޮފީސް އިމާރާތަކާއި 44×34 ފޫޓުގެ އިންޖީނުގެއެއް ހުންނަ އިމާރާތެކެވެ.
އަދި އަލަށް ހެދި އިންޖީނުގޭގައި ސްޓޯރަކާއި ވޯކްޝޮޕަކާއި އިންޖީން ރޫމެއްގެ އިތުރުން ކޮންޓްރޯލް ރޫމެއް ހަދާފައިވާއިރު، އޮފީސް އިމާރާތުގައި ރިސެޕްޝަނަކާއި ލޮބީ، މެނޭޖާ ރޫމް، ޕޭންޓްރީ، ފާހާނާ، މީޓިން ރޫމް އަދި ގެސްޓްރޫމެއް ހަދާފައިވެ އެވެ.
ފެނަކައިން ބުނި ގޮތުގައި، މިހާރު ހުރި އިންޖީނުގޭގެ ކެޕޭސިޓީއަކީ 528 ކިލޮވޯޓެވެ. މިއީ ކުރިން ހުރި އިންޖީނުގޭގެ ކެޕޭސިޓީއަށްވުރެ ގާތްގަނޑަކަށް ދެގުނަ އިތުރު އަދަދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ