އެންމެ ބޮޑަށް ދަށްވި ކަރަންޓުގެ އަގުތައް 3.19 ޕަސެންޓް ވެއްޓިފައިވެ އެވެ. އަދި އުފުލުނު ދަތުރުފަތުރުގެ އަގުތައް 13.57 ޕަސެންޓުގެ އުފުލުމެއް ފާހަގަވެ އެވެ.
މިދިޔަ ޖުލައި މަހު ރާއްޖޭގައި މުދަލުގެ އަގުތައް އުފުލިފައިވަނީ ނިސްބަތުން ކުޑަ މިންވަރެއް ކަމަށް ދައްކަ އެވެ. ޖުލައި މަހުގެ އިންފްލޭޝަން ހުރީ 0.06 ޕަސެންޓުގަ އެވެ. އެންމެ ބޮޑަށް އަގު އުފުލުނީ ކޮން ބާވަތްތަކެއްގެ ހެއްޔެވެ؟ އަދި އަގު ދަށްވީ ކޮން ބާވަތްތަކެއްގެ ހެއްޔެވެ؟
މޯލްޑިވްސް ސްޓެޓިސްޓިކް ބިއުރޯ (އެމްބީއެސް) ގެ ހިސާބުތައް ދައްކާ ގޮތުގައި އެ އޮތޯރިޓީން އެއްކުރި މުދާ ޓުކުރީގެ ހުރިހާ ބައިތަކެއް އެއްކޮށް ބަލާނަމަ އަގުތައް އުފުލިގެން ގޮސްފައިވަނީ 0.06 ޕަސެންޓަށެވެ. ޖޫން މަހު މި އަދަދު ހުރީ 0.10 ޕަސެންޓުގަ އެވެ.
މިދިޔަ މަހު ޖުލައި މަހު އަގުތައް އެންމެ ބޮޑަށް އުފުލިފައިވަނީ އެއްކަމާއި ކަނޑުގެ ދަތުރުފަތުރުގެ ބައިންނެވެ. މި ބައިން 13.57 ޕަސެންޓް ވަނީ އަގު މަތިވެފަ އެވެ. ދެން އެންމެ ބޮަޑަށް އަގު އުފުލިފައިވަނީ ތަރުކާރީގެ ބާވަތްތަކުގެ އެވެ. މިބައިގެ އަގުތައް ވަނީ 4.17 ޕަސެންޓަށް އުފުލިގަ އެވެ. އަދި ކާނާގެ ބާވަތްތަކުގެ އަގުތައް ވަނީ +0.36 ޕަސެންޓް އުފުލިފަ އެވެ.
ޖުލައި މަހު އެންމެ ބޮޑަށް އަގު ދަށްވެފައިވަނީ ކަރަންޓު ބިލްގެ އަގުތަކެވެ. ކަރަންޓުގެ އަގުތައް ވަނީ 3.19 ޕަސެންޓް ދަށްވެފަ އެވެ. އަދި ވައިގެ ދަތުރުފަތުރުގެ އަގުތައް -2.78 ޕަސެންޓް ދަށްވެފައިވާ ކަމަށް ދައްކަ އެވެ. އަދި ފޯނުގެ ހިދުމަތުގެ އަގުތައް ވެސް ވަނީ -1.17 ޕަސެންޓުގެ ވެއްޓުމެއް އައިސްފަ އެވެ. މީގެ އިތުރުން ފެނުގެ އަގުތައް ވެސް –1.10 ޕަސެންޓް ދަށްވެފައިވެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ޖުލައި - އަގު އުފުލުނީ ދަތުރުފަތުރު ދަށްވީ ކަރަންޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ