ތައިލެންޑުގައި މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަނުގައި ރާއްޖޭން ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ތާވަލުގެ އެއް ވަނައިގައި އޮތުމަކީ މުޅި ޓީމު އެކުގައި ކުރި މަސައްކަތުގެ ނަތީޖާ ކަމަށް ޓީމަށް މޮޅު ކުޅުމެއް ދައްކަމުން އަަންނަ އަބްދުﷲ ޝާފިއު (ޝާއްޕެ) ބުނެފި އެވެ.
ރާއްޖޭން ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން 7-1 އިން މޮޅުވިއިރު، ދެ ވަނަ މެޗުގައި ބަންގްލަދޭޝް އަތުން 6-1 އިން މޮޅުވި އެވެ. ތިން ވަނަ މެޗުގައި އިންޑިއާ އަތުން މޮޅުވީ 5-0 އިންނެވެ.
މި ނަތީޖާތަކާ އެކު، ލީގު އުސޫލުން ކުޅޭ ސާފްގެ ފުރަތަމަ ފުޓްސަލް މުބާރާތުގެ އެއް ވަނައިގައި ރާއްޖެ އޮތީ ތިން މެޗުން ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ބަންގްލަދޭޝް އާއި ތިން ވަނައިގައި އޮތް ޕާކިސްތާނަށް ވަނީ ހަތަރު މެޗުން ހަތް ޕޮއިންޓް ލިބިފަ އެެވެ. ހަތަރެއްގައި އޮތް ނޭޕާލަށް ތިން މެޗުން ވަނީ ފަސް ޕޮއިންޓް ލިބިފަ އެވެ.
"މި އަސްލު ވަރަށް މަސައްކަތް، ދެން، މިހާރު ޓީމު ވޯކް މިހާރު އެންމެ މުހިންމު އެއްޗަކަށް މި އޮތީ. އެންމެންގެ ވެސް މަަސައްކަތް މިއީ ހަަމަ،" އިންޑިއާ އަތުން މޮޅުވި މެޗަށް ފަހު ނޫސްވެރިންގެ ބައްދަލުވުމުގައި ޝާއްޕެ ބުންޏެވެ.
ރާއްޖޭން މިހާތަނަށް އައިއިރު ވެސް މި ފަހަރުގެ މުބާރާުތުގައި ވަރުގަދަވާނެ ކަަމަށް ބެލެވުނު އަދި ތަށްޓައް ވާދަކުރާނެ ކަމަށް ގަބޫލުކުރެވުނު ޓީމުތައް އަތުން ތަފާތު ބޮޑު މޮޅުތަކެއް ހޯދައިފަ އެވެ.
"މޮޅަކަށް އުންމީދުކުރިން، އެކަމަކު މިހާ ބޮޑު ސްކޯ އަކަށް އުންމީދެއް ނުުކުރަން،" ނަތީޖާތަކާ ބެހޭގޮތުން ޝާއްޕެ ބުންޏެވެ.
މިހާރު އޮތްގޮތުން، ރާއްޖޭން ސާފްގެ ފުރަތަމަ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދަން ބާކީ އޮތް ތިން މެޗުން ބޭނުންވަނީ ފަސް ޕޮއިންޓެވެ. އެ ތިން މެޗުގައި ބައްދަލުކުރަން ޖެހެނީ، ނޭޕާލާއި ބޫޓާން އަދި ސްރީ ލަންކާއާ އެވެ. ސްރީ ލަންކާ އާއި ބޫޓާނަށް އަދި އޮތީ މޮޅެއް ނުލިބި އެވެ.
ޝާއްޕެ ބުނީ، ހަމައެކަނި ތަށި ހޯދުމަށް ވުރެން ބޮޑު އަޒުމެއްގައި ޓީމު އޮތް ކަމަަށެވެ.
"ހަމަ މޮޅަކަށް ދެން ވެސް، މެޗަކަށް ފަހު މެޗެއް މޮޅަށް،" ޝާއްޕެ ބުންޏެވެ.
ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖޭން މިއަދު ނޭޕާލާ ކުޅޭ މެޗު ފަށާނީ، ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.
ޝާއްޕެ ދެކޭގޮތުގައި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ގައުމީ ޓީމުގެ ނަތީޖާތަކަކީ މުޅި ޓީމުގެ މަސައްކަތް ޝާއްޕެ ދެކޭގޮތުގައި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ގައުމީ ޓީމުގެ ނަތީޖާތަކަކީ މުޅި ޓީމުގެ މަސައްކަތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ