ގްރީންލޭންޑް ހޯދަން ބާރުގެ ބޭނުން ނުކުރާނެ: ޓްރަމްޕް
ޑެންމާކުގެ ދަށުގައި އޮންނަ ގްރީންލެންޑު "ކޮންމެ ގޮތަކުން ވިޔަސް ހޯދާނެ" ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވަމުން ގެންދެވުމަށް ފަހު ވާހަކަ ބަދަލުކުރައްވައިފި އެވެ. ޓްރަމްޕް ވިދާޅުވީ ގްރީންލޭންޑް އެމެރިކާއާ ގުޅުވުމަކީ މުހިންމު ކަމެއް ނަމަވެސް، އެކަން ކުރުމުގައި "ބާރުގެ ބޭނުން ނުކުރައްވާނެ" ކަމަށެވެ."މީހުން ހީކުރީ އަހަރެން ބާރުގެ ބޭނުންކޮށްފާނެ ކަމަށް. އަހަރެން ބާރުގެ ބޭނުން ކުރާކަށް ނުޖެހޭނެ. ބާރު ބޭނުންކުރާކަށް ބޭނުމެއްވެސް ނޫން،" ޓްރަމްޕް ވިދާޅުވިއެވެ.އޭނާ އިތުރަށް ވިދާޅުވީ ގްރީންލޭންޑް އެމެރިކާއަށް ހޯދުމަށްޓަކައި މިހާރުން މިހާރަށް މަޝްވަރާތައް ފެށުމަށް ބޭނުންވާ ކަމަށެވެ.ނަމަވެސް ޑެންމާކުގެ ފޮރިން މިނިސްޓަރު ލާސް ލޮކޭ ރަސްމުސެން ވަނީ ގްރީންލޭންޑް އެމެރިކާއަށް ދިނުމާ ބެހޭ އެއްވެސް މަޝްވަރާއެއް ނުކުރެވޭނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.އެމެރިކާއިން ގްރީންލޭންޑް ހިފުމަށް ގައުމުތަކުން ދަނީ ދެކޮޅު ހަދަމުންނެވެ. މީގެ އިތުރުން ޓްރަމްޕް ނިސްބަތްވާ ޕާޓީގެ ބައެއް މެންބަރުންވެސް ވަނީ މިކަމާ ދެކޮޅު ހަދާފަ އެވެ.ގްރީންލޭންޑަކީ އެމެރިކާގެ ސަލާމަތަށް މުހިންމު ތަނެއް ކަމަށާއި "ފަސޭހަ ގޮތުން" ނުވަތަ "އުނދަގޫ ގޮތުން" ވިޔަސް އެމެރިކާއިން އެތަން ހޯދާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. ޓްރަމްޕު ވިދާޅުވަނީ ގްރީންލެންޑު ހިފަން ޖެހެނީ ރަޝިޔާ އާއި ޗައިނާގެ ނުރައްކާ އެތަނަށް އޮތުމުން ކަމަށެވެ.ގްރީންލޭންޑްގެ ގުދުރަތީ ވަސީލަތްތަކުގެ ތެރޭގައި މަދުން ނޫނީ ނުފެންނަ ބިމުގެ މިނަރަލްސް، ޔޫރޭނިއަމް އަދި ދަގަނޑު ހިމެނެ އެވެ. އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން އައިސް ވިރި، އެ ތަންތަނަށް ވާސިލު ވުމަށް ވަނީ ފަސޭހަވެފަ އެވެ. ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި އެ ތަނުގައި ތެލާއި ގޭހުގެ ރިޒާވް ވެސް ހުންނާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ