ކުޑަކުދިންގެ އޮރިޔާންކާޑު ގެންގުޅުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ގޫގުލް ޑްރައިވްއަށް އަޕްލޯޑްކުރުމާއި އިލެކްޓްރޯނިކް އެކި ވަސީލަތްތަކުގައި އެފަދަ ތަކެތި ރައްކާކޮށް، ގެންގުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.
ތަފްސީލު - އެ މައްސަލައިގައި ހައްޔަރުކުރީ އަލީ ނާޖިހު، 29، ހުޅެވި/ ބ.ކުޑަރިކިލު އެވެ. އޭނާ ހައްޔަރުކުރީ 13 ފެބްރުއަރީގަ އެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ފުރަތަމަ ދިނީ ފަސް ދުވަހުގެ މުއްދަތެކެވެ. އޭގެ ފަހުން، އިއްޔެ އަލުން ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު ހަތް ދުވަސް ދީފަ އެވެ. މި މުއްދަތު ހަމަވާނީ 26 ފެބްރުއަރީއަށެވެ.
ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުން މި މައްސަލަ ތަހުގީގުކުރަމުން އަންނައިރު، ފުލުހުން ބުނީ ކުޑަކުދިންގެ އޮރިޔާން މަންޒަރުތައް ހިމެނޭ ފޮޓޯ އާއި ވީޑިއޯ ގެންގުޅޭ މީހުންގެ މައްސަލަތަކަކީ ހާއްސަ އިސްކަމެއް ދީގެން ތަހުގީގުކުރާ، ސީރިއަސް މައްސަލަތަކެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ