ތާވަލްގެ ގަދަ ފަހަކުން ޖާގައެއް ހޯދުމަށް ލިވަޕޫލަށް އިތުރު އިންތިޒާރެއް

އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ މެންޗެސްޓަރ ސިޓީ އަތުން ލިވަޕޫލް ބަލިވެ، ލީގްގެ ގަދަ ފަހަކުން ޖާގައެއް ހޯދުމަށް އިތުރު ނުތަނަވަސްކަމާ ކުރިމަތިލާން ޖެހިއްޖެއެވެ.
ލީގްގައި ރޭ އަމިއްލަ ދަނޑުގައި ސިޓީއަތުން ލިވަޕޫލް ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗްގައި ފެނިގެންދިޔަ ހުރިހާ ގޯލްތަކެއް ފެނިގެންގޮސްފައިވަނީ ފަހުހާފްގެ ފަހު ވަގުތުގައެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި އެންމެ ފުރަތަމަ ލަނޑެއް ޖަހައި ކުރި ހޯދީ ލިވަޕޫލެވެ. އެއީ މެޗްގެ 74 ވަނަ މިނެޓްތެރޭގައި ސޮބޮޒްލައި ޖެހި ހިލޭ ޖެހުމެއް ގޯލްތެރެއަށް ފޮނުވާލައިގެންނެވެ. 
ލިވަޕޫލުން ލީޑް ނެގިތާ 9 ވަރަކަށް މިނެޓްފަހުން ހާލާންޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި، ބާނާޑް ސިލްވާ ވަނީ ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުން ސިޓީ މޮޅުކޮށްދިން ލަނޑު ޖަހައިދިނީ ލިބުނު ޕެނަލްޓީއަކުން ހާލާންޑެވެ. މެޗްގެ އެންމެ ފަހު ވަގުތުކޮޅުގައި މެންޗެސްޓަރ ސިޓީން ލަނޑެއް ޖެހިނަމަވެސް ވިއާރު ބެލުމަށްފަހު ލަނޑެއްގެ ގޮތުގައި ހިމަނާފައެއް ނުވެއެވެ.
ޕްރިމިއށާ ލީގްގައި ރޭ ބްރައިޓަން އާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރިމެޗް 0-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ކްރިސްޓަލް ޕެލަސްއެވެ.
ރޭގެ މެޗުން ލިވަޕޫލް ބަލިވުމުން އެޓީމަށް ވަނީ ލީގް ގަދަ ފަހަކުން ޖާގައެއް ހޯދުމަށް ކުރަމުންގެންދާ މަސައްކަތްތަކަށް އިތުރު ނުތަނަވަސްކަމާ ކުރިމަތިލާން ޖެހިފައެވެ. ތާވަލްގެ ފަސް ވަނާގައި 43 ޕޮއިންޓާއެކު ޗެލްސީ އުޅޭއިރު، 39 ޕޮއިންޓާއެކު ލިވަޕޫލް އޮތީ ތާވަލްގެ ހަވަނާގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ