ފިތުރު ޢީދު ދުވަހަކީ ހުކުރު ދުވަސް

މިނިސްޓްރީގެ ބަޔާނުގައި ބުނީ، ރާއްޖޭގެ އެއްވެސް ރަށަކަށް ޝައްވާލުމަހުގެ ހަނދު ފެނިފައި ނުވާ ކަމަށާއި، އަދި އިސްލާމީ އެއްވެސް ޤައުމަކަށްވެސް ހަނދު ފެނުނުކަމުގެ ރަސްމީ މަޢުލޫމާތެއް ލިބިފައިނުވާ ކަމަށެވެ.
ކޮންމެ ހަނދުމަހެއްގެވެސް ދިގުމިނަކީ 29 ނުވަތަ 30 ދުވަސް ކަމަށްވާއިރު، ރާއްޖެއާއި އިސްލާމީ އެހެން ޤައުމުތަކުގައިވެސް މިހާރު ބޮޑަށް ބުރަވަނީ އިތުބާރުހުރި ފަލަކީ ހިސާބުތަކަށެވެ. މިއީ އުދަރެސް ނުސާފުވުމުގެ ސަބަބުން ޢަމަލީގޮތުން ހަނދު ބަލާއިރު ދިމާވެދާނެ ދަތިތަކަށް ރިޢާޔަތްކޮށް، ނަމާދު ވަގުތުތަކާއި އެހެނިހެން ދީނީ ކަންކަމުގައިވެސް ޢަމަލުކުރަމުންދާ އުސޫލެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ