66 އަހަރުގެ އަންހެނެއް އަތުން ފޭރުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
އުމުރުން 66 އަހަރުގެ އަންހެނެއް އަތުން ފޭރުނުކަމުގެ ތުހުމަތުގައި މާލެއިން މީހަކު މިއަދު ހައްޔަރުކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ މިރޭ 20:30 އެހާކަންހާއިރެވެ. ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މިރޭ މިރިޔާސް މަގުން ހިނގާފައިދިޔަ 66 އަހަރުގެ ދިވެހި އަންހެނެއްގެ އަތުން ފޭރުނު މީހަކު ހިފަހައްޓާފައިވާ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބުން ކަމަށެވެ. މި މައްސަލައިގައި އެކަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު، މި މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ. ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ