މާފަންނު ތޮއިބާ މިސްކިތް ކައިރީ ހުރި ގުދަނެއްގައި ވަރަށް ބޮޑަށް ރޯވެގެން، އަލިފާން ނިއްވުމުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހަރަކާތްތެރިވާން ފަށައިފި އެވެ.
މި އަލިފާނުގެ ހާދިސާއާ ބެހޭ މާ ބައިވަރު ތަފުސީލެއް އެމްއެންޑީއެފްއިން ނުދިން ނަމަވެސް ސިފައިން ހިއްސާކުރި ފޮޓޯގައި ވަރަށް ބޯޑަށް ހުޅުހިފާފައިވާ މަންޒަރު ފެނެ އެވެ. އަދަދު ނޫހަށް ލިބިފައިވާ ވީޑިއޯތަކާއި ސޯޝަލް މީޑީއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ވެސް ގުދަނުގައި ވަރަށް ބޮޑަށް ރޯވެ، ބޯކޮށް ދުން އަރަމުންދާ މަންޒަރު ފެނެ އެވެ.
މިއީ މިއަދު ހިނގި ދެ ވަނަ އަލިފާނުގެ ހާދިސާ އެވެ. މިއަދު ހެނދުނު ގަލޮޅޫ މޯޗަރީ ކައިރީގައި ހުންނަ ގުދަނެއްގައި ވެސް ބޯޑު އަލިފާނުގެ ހާދިސާއެއް ހިނގައި އެ ތަނަށް ބޮޑެތި ގެއްލުންތަކެއް ވެފައިވެ އެވެ.
މޯޗަރީ ކައިރީގައި ހިނގި އަލިފާނުގެ ހާދިސާގައި ރޯވި ހުޅުގަނޑު އެމްއެންޑީއެފްއަށް ނިއްވާލެވުނީ ތިން ގަޑިިއިރަށް ވުރެ ގިނަ އިރު ފަހުންނެވެ.
ތަފުސީލު އަންނަނީ....
ތޮއިބާ މިސްކިތް ކައިރީގައި ހުރި ގުދަނެއްގައި ރޯވެ އަނދަނީ ތޮއިބާ މިސްކިތް ކައިރީގައި ހުރި ގުދަނެއްގައި ރޯވެ އަނދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ