ހުޅުމާލެ ފޭސް ތިނަކުން ހިއްކަންޖެހޭ ބޮޑުބައި ހިއްކައި ނިންމާލައިފި

ހުޅުމާލޭ ފޭސް ތިނެއްގެ 3 ވަނަ ފިޔަވަހިން ހިއްކަންޖެހޭ ބިމުގެ ބޮޑުބައި ހިއްކައި ނިންމާލައިފިއެވެ.
އެމްއޭސީއެލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިންހިއްކުމުގެ މަސައްކަތުގެ %87 ނިމިފައިވާކަމަށެވެ.
މި މަސައްކަތުގެ ދަށުން، ފާއިތުވި 6 ދުވަހުގެ ތެރޭގައި އެކަނިވެސް 6 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. އެެހެންކަމުން އެ ސަރަހައްދުން މިހާތަނަށް ހިއްކާފައިވާ ސަރަހައްދުގެ ބޮޑު މިނަކީ 55 ހެކްޓަރެވެ. މި މަޝްރޫއުގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވަނީ ޖުމުލަ 63 ހެކްޓަރުގެ ބިމެވެ. 
އެމްއޭސީއެލް އިން ބުނީ މި މަޝްރޫއުގެ މަސައްކަތް 'ޕްރިންސް ޑަރ ނެޑަރލަންޑަން' އަދި 'އޮރަންޖޭ' ނަމަކަށް ކިޔުނު 2 ޑްރެޖަރުގެ އެހީގައި ހަލުވިކަމާއި އެކު ކުރަމުން އަންނަ ކަމަށެވެ.
ކުރިއަށް އޮތް ދޮޅު މަސްދުވަހުގެ ތެރޭގައި ބިން ހިއްކުމުގެ މި މަސައްކަތް ނިންމާލުމަކީ ސަރުކާރުގެ އަމާޒެވެ. ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތަކީ 2023 ވަނަ އަހަރުގެ އޮކްޓޫބަރުމަހު ފެށި މަސައްކަތެކެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ މަސައްކަތް މެދުކެނޑިފައި އޮތުމަށްފަހު، އަލުން ބާރުސްޕީޑުގައި ފަށާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ