ރާއްޖޭގެ އިލްމުވެރިންނަކީ ‘މުރުތައްދު ވެފައިވާ ބައެއް’ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވި މައްސަލަ ބަލައިދިނުމަށް އެދި، އިލްމުވެރިންގެ ގުޅުން ޖަމިއްޔާގެ ފަރާތުން ފުލުހަށް ހުށަހަޅައިފިއެވެ.
މިދިޔަ އަންގާރަ ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ޖަގަހަ ޖަލްސާގައި މޫސާ މަނިކު ވިދާޅުވީ ރާއްޖޭގައި އުޅޭ އިލްމުވެރިންނަކީ އަމިއްލަ މަންފާއަށްޓަކައި ހަދީސާ، ޤުރުއާނުގެ އާޔަތްތައް ބަދަލުކޮށްގެން އެކި ފަހަރު އެކި ގޮތަށް ވާހަކަދައްކާ ބައެއް ކަމަށެވެ. އަދި ސިޔާސީ ގޮތުން ނުކުންނަ އިލްމުވެރިންނަކީ ‘މުސީބާތެއް’ ކަމަށް މޫސާ މަނިކުވަނީ ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގައި މިހާރު އޮތް ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަންތަން ހިންގުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައެޅުމުގެ ބިލާ ގުޅިގެން މޫސާ ވިދާޅުވީ ދަ ކަންކަމުގައި އެމްޑީޕީން ބަސްބުނުމުން އެ ޕާޓީގެ މެންބަރުންނާ ދިމާލަށް ‘ހަރާމް ކަންކަން ކުރާ ބައެކޭ’ ބުނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އިސްލާމީ ރުކުންތައް ގަބޫލުކުރި މީހަކާ ދިމާލަށް ފުރަތަމަ ކާފަރެކޭ ބުނުމަކީ ކާފަރަކަށްވުންކަމުގައި ފާހަގަކޮށް މޫސާ މަނިކު ވިދާޅުވީ އެއީ އަމިއްލަ އަށް މުރުތައްދުވެފައިވާ ބައެއް ކަމަށެވެ.
އެކަމާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން ނެރުނު ބަޔާނެއްގައި ބުނީ އިލްމުވެރިންނަށް ނިސްބަތްކޮށް، އެއީ ‘މުރުތައްދު ވެފައިވާ ބައެއް’ ކަމަށް މޫސާ މަނިކު ވިދާޅުވި މައްސަލައަކީ ވަރަށް ނުރައްކާތެރި ހައްސާސީ މައްސަލައެއް ކަމަށެވެ. ރާއްޖޭގައި އިސްލާމް ދީނާއި، ދިވެހީންގެ ދީނީ ވަހްދަތު ނެގަހެއްޓުމުގައި އެންމެ ގިނަ އަދި ބުރަ މަސައްކަތްތަކެއް ކުރަމުންދާ ދީނީ އިލްމުވެރިންނާ މެދު ނަފުރަތު އުފެއްދުމަށްޓަކައި ކޮށްފައިވާ ނޭންގާނީ ދަށު ދަރަޖައިގެ އަދި އެއްވެސް ޒިންމާދާރުކަމެއް ނެތް އަމަލެއް ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.
މިއީ ޑރ. އަފްރާޝީމް އަލީއެކޭ އެއްފަދައިން މިހާރު ތިއްބެވި ދަންނަ ބޭކަލުންގެ ފުރާނަ ވެސް ނުރައްކަލަށް ހުށައެޅިގެން ގޮސްދާނެ ދޮރެއްގެ ގޮތުގައި އެ ޖަމިއްޔާއިން ވަނީ ސިފަކޮށްފައެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ހަރުކަށި ފިކުރު ފެތުރުމާއި، މީހުންނަށް އަނިޔާވެރިވުމަށް ހިތްވަރު ލިބޭ ގޮތަށް ‘ތަކްފީރު ކުރުމުގެ’ ފިކުރު ފެތުރުމުގެ ކުށަކަށް މޫސާ މަނިކު އަރައިގެންފައިވާ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ. އެހެންކަމުން އޭނާގެ ވާހަކަ ލައިވްކޮށް ބްރޮޑްކާސްޓުކުރި ޗެނަލްގެ ޒިންމާވާ ފަރާތްތަކާ މެދު ތަހުގީގު ހިންގައި، ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅެއް އެޅުމަށް އެދި އެ މައްސަލަ ވަނީ އިލްމުވެރިންގެ ގުޅުމުގެ ފަރާތުން ފުލުހަށް ހުށަހަޅައިފައެވެ.
އެމްޑީޕީގެ މާޒީގައިވެސް ރައީސް ނަޝީދަށް ވުރެ އެމްޑީޕީއަށް ގެއްލުންދިން މީހަކު ނެތް: ރީކޯ މޫސަ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެމްޑީޕީން ކާމިޔާބުކުރާނެ ރައީސް ނަޝީދު އުޅުއްވަނީ އެހެން މީހެއްގެ ރަނިން މޭޓަކަށް ނުވެވިގެން: މޫސަ މެމްބަރުން ލައްވާ އެއްވެސް މެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ