ހއ. ބާރަށުގެ ރިންގް ރޯޑް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އާއެކު މިއަދު ސޮއި ކޮށްފިއެވެ.
މިކަން ހާމަކޮށް، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެން އިންފްރާސްޓްރަކްޗަރ މިނިސްޓްރީ އިން އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މި މަސައްކަތް އާރު.ޑީ.ސީ އާއި ހަވާލުކުރެވުނީ، މަސައްކަތް ފަށާތާ 730 ދުވަހުގެ ތެރޭ ނިންމާ ގޮތަށް ކަމަށެވެ.
މީގެ އިތުރުން ހަމަ މިރަސްމިއްޔާތުގައި، ބާރަށުގެ ރިންގް ރޯޑް ތަރައްގީކުރުމުގެ މަޝްރޫއުގެ އިތުރުން، ހއ. މުރައިދޫ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައިވެސް އާރު.ޑީ.ސީ އާއެކު ސޮއި ކޮށްފައިވާކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީ އިން ބުނެފައިވެއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުންތަކުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދުއެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޡީމްއެވެ.
މިކަމާއި ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވަނީ، މިއަދަކީ ބާރަށު ރައްޔިތުންނަށް ވަރަށްވެސް އުފާވެރި ޚަބަރެއް ގެނުވި ދުވަހެއްކަމަށާއި، ރިންގް ރޯޑް ތަރައްގީ ކުރުމަކީ، ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގަ، ބާރަށު ރައްޔިތުންނަށް، ރައީސް މުއިއްޒު ވެވަޑައިގެންނެވި އެއްމެ ބޮޑު ވައުދުކަން ހާމަކުރައްވާފައެވެ.
ބާރަށު ރިންގްރޯޑް ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ