ރާއްޖޭގެ ގާނޫނުލްއުގޫބާތުގައި މަރުގެއަދަބު ދިނުމާގުޅޭ ހުރިހާ ކަމެއް ތަފްސީލްކޮށް ބަޔާންކޮށްފައި އެބައޮތެވެ. އިސްލާމު ދީނަށް ހުރުމަތްތެރިކޮށް ހިތުމަށާއި ގާނޫނީ ވެރިކަމެއް ކުރުމަށް ގަންދީ ހުވާކޮގެން ހުރި މުއިއްޒަކަށް އެކަމެއް ނޭނގެއެވެ. މުއިއްޒު ބުނަނީ މަރުގެ ހުކުމް ތަންފީޒު ކުރެވެން އޮތީ އެކަމަށް ވަކި ގާނޫނެއް ހަދައިގެން ކަމަށެވެ.
މިހާރުވެސް ކޯޓް މަރުހަލާތައް ނިމި މަރަންޖެހިފައި ތިބި 3 މީހަކު ރާއްޖޭގެ ޖަލުގައި އެބަތިއްބެވެ. ތިން މަރުހަލާގެ ކޯޓުން މަރަން ހުކުމްކުރާ މީހަކު ނުމަރާ ބެހެއްޓޭނީ ޝަރުއީ އުޒުރެއް އެކަމުގައި އޮތްނަމައެވެ. މަރަންޖެހޭ މީހަކު ނުމަރާ އުސޫލެއް ނެތިގެން ގާނޫނެއް ނެތިގެން ނުބެހެއްޓޭނެއެވެ. މަރުގެ ހުކުމް ތަންފީޒުކުރާނެ ގޮތުގެ ގަވައިދާއި އުސޫލުވެސް އޮތީ ނިންމާ ގެޒެތްކޮށްފައެވެ.
މަރުގެ ހުކުމް ތަންފީޒު ކުރުމަކަށް ގާނޫނީ ޝަރުއީ އެއްވެސް ހުރަހެއް ރާއްޖެއަކު މިހާރަކު ނެތެވެ. ގާނޫނު ނެތިގެން މަރުގެ ހުކުމް ތަންފީޒު ނުކުރެވިގެން އުޅޭ ވާހަކައަކީ ބަހަނާއެކެވެ. މަރުގެ އަދަބުދޭން ފަސްޖެހޭ ޖެހުމެކެވެ.
މުއިއްޒުގެ ވެރިކަމެއްގައި މަރުގެ ހުކުމް ތަންފީޒުކުރާނެކަމަށް ބުނެވީ ވައުދާއި ވެސް މުއިއްޒު އެހުންނަނީ ހިލާފުވެގެންނެވެ. މުއިއްޒުގެ ވެރިކަމުގެ މުއްދަތުގައި މަރުގެ ހުކުމް ތަންފީޒުނުކޮށް ވާން އޮތް ހުރިހާ ކަމެއް ކުރުމުގެ ގޮތުން ގާނޫނު ނެތުމުގެ ބަހަނާ އުފަން ކުރީއެވެ.
އެކި ފަހަރު އެކި ބަހަނާ ދައްކައިގެން މަރުގެ ހުކުމް ތަންފީޒުނުކޮށް ދިގުދެންމުމަކީ ހުވައާއި ހިލާފުވުމެވެ. ރައީސް މުއިއްޒު ހުވައާއި ހިލާފުވުމުގެ ދައުވާ ނުކޮށް ކުރާކަށް އެހެންކަމެއް މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅުވައިގެން ކުރާކަށް ނެތެވެ.
މުއިއްޒާ ދައުވާކުރުން ނޫންކަމެއް މަރުގެއަދަބާ ގުޅިގެން ކުރާކަށްނެތް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ